ކ. މާލެ
|
27 ޖުލައި 2018 | ހުކުރު 17:06
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒާހިރު
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒާހިރު
ގޫގުލް
ބުދު ބެހެއްޓުން
ބުދުތަކުގެ މައްސަލައިގައި ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒާހިރު ވެސް ނުރުހުން ފާޅުކުރައްވައިފި
ބުދުތައް ބެހެއްޓުމާ ދެކޮޅަށް ފާޅުގައި ވަނީ ބަސް ވިދާޅުވެފައި

ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުގެ މޫދުގެ އަޑީގައި ބުދުތަކެއް ބެހެއްޓުމުން މި ސަރުކާރަށް ތާއީދުކުރައްވާ މަޝްހޫރު އިލްމުވެރިޔާ ޝެއިޚް އަލީ ޒާހިރު ވެސް ނުރުހުން ފާޅުކުރައްވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަނޑައެޅުއްވުމުން އެންޑޯޒްކުރެއްވި އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިޚް އަލީ ޒާހިރު ވަނީ ބުދުތައް ބެހެއްޓުމާ ދެކޮޅަށް ދީނީ އެހެން އިލްމުވެރިންނެކޭ ވެސް އެއްފަދައިން ފާޅުގައި ބަސް ވިދާޅުވެފައެވެ. ޒާހިރު ވިދާޅުވީ ބުދުތަކުގެ ކިބައިން ދިވެހި އުއްމަތް މާތް ރަސްކަލާގެ ސަލާމަތްކޮށްދެއްވާފައި ވާއިރު އެކަންކަން އާލާވާނެ ފަދަ ކަންކަމުން ދުރުވުމަކީ ދިވެހިންގެ ޒިންމާއެއް ކަމަށެވެ. އަދި ތައުހީދު ރައްކާތެރިކުރުމަކީ އިސްލާމީ ގައުމެއްގެ އެންމެ މުހިއްމު އެއް އަސާސް ކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ.

އަލީ ޒާހިރުގެ އިތުރުން ވެސް ގިނަ އިލްމުވެރިންތަކެއް ގެންދަވަނީ އެ މައްސަލައިގައި ބަސް ވިދާޅުވަމުންނެވެ. ނަމަވެސް މި ސަރުކާރަށް ތާއިދުކުރާ ބައެއް އިލްމުވެރިން ހަމައެކަނި ޓްވީޓަކުން އެކަން ކުށްވެރިކޮށްލާތީ ގިނަ ބަޔަކު ދަނީ އެ ޝެއިޚުން ތަކަށް ފާޑުކިޔަމުންނެވެ.

ރާއްޖޭގެ ދީނީ އިލްމު އާންމުންނަށް ފޯރުކޮށްދިނުމުގެ ޚިދުމަތުގައި އުޅުއްވާ ޝެއިޚް އިލްޔާސް ހުސައިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ތަރައްގީގެ ނަމުގައި މިފަދަ ބޮޑެތި މުންކަރާތްތައް ހިންގުމަކީ ރައްޔިތުންނަށް އޮޅުވާލުމުގެ އިތުރުން އިސްލާމް ދީނަށާއި ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތެއް ކަމަށެވެ. އެހެން ކަމުން ވަގުތުން މިކަންތައް ހުއްޓާލައި ﷲ އަށް ބިރުވެތިވުމަށް ޝެއިޚް ގޮވާލެއްވިއެވެ.

 

ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުގައި ދަ ކޮރަލޭރިއަމްގެ ނަމުގައި އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައިވާ ބުދުތައް

 

ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުގައި ދަ ކޮރަލޭރިއަމްގެ ނަމުގައި އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައިވާ ބުދުތައް މޫދުގައި ބަހައްޓާފައި ހުންނަނީ ދަގަނޑުން ހަދާފައިވާ ފްރޭމެއްގެ ތެރޭގައެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ނެޗުރަލިސްޓް އަދި އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސް އުފެއްދި މިގެލަރީ ހުންނަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގައި ކަމަށް ވާއިރު މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.

 

ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުގައި ދަ ކޮރަލޭރިއަމް

 

އެމްޑީޕީ ސަރުކާރުގައި އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް މޮނިއުމެންޓްތަކެއް ބެހެއްޓުމުން އެކަމާ ދެކޮޅަށް ދީނީ އިލްމުވެރިން ނުކުމެ އަޑު އުފުލާފައި ވެއެވެ. ސަރުކާރުން ފަހުން ވަނީ އެ ތަކެތި ނަގާފައެވެ. މި ސަރުކާރުގައި ރިސޯޓެއްގައި އެފަދަ ކަމެއް ހިނގުމުން އެ ދީނީ އިލްމުވެރިން މިއަދު ކޮބައިތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. މި ސަރުކާރު އައިފަހުން މީގެ ކުރިން ވެސް ތަފާތު ހަފުލާތަކާ ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކަށް ބުދު ފަދަ ތަކެތި އެތެރެކޮށް ބޭނުންކޮށްފައިވާ ފޮޓޯތަކާއި މަންޒަރުތައް ވަނީ އާންމުވެފައެވެ. އަދި ރައީސްގެ އަނބިކަނބަލުން އިސްނަންގަވައިގެން ދަރުބާރު ގޭގައި ބޭއްވި ފެއާރއެއްގައި ވެސް އަޅުކަންކުރުމަށް ބޭނުންކުރާ ބުދު ފަދަ ތަކެތި ދޭހަވާ ގޮތަށް ހަދާފައިވާ ތަކެތި ބެހެއްޓި މައްސަލައެއް ވެސް ފެންމަތިވެފައި ވެއެވެ. އަދި ބައެއް ހަފުލާތަކުގައި ރައީސް ޔާމީން ވެސް ވަނީ ދީނާ ފުށުއަރާ އަދި ޚިލާފް އުފެދޭ ފަދަ އިބާރާތްތަކުން ވާހަކަ ދައްކަވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
28 ޖުލައި 2018 | ހޮނިހިރު 12:40
ސީރިޔަސް
ރިސޯޓެއްގައި ތިވަރު ކަމެއް ކުރަން ހުއްދަދިން މީހާކާ ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ. ތިވަރު ކަމެއް ކުރަން އީ.އައި.އޭ ހަދައި، އީ.އައި.އޭ ހުއްދަން ދިން ފަރާތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ. މިބުނި ހުއްދަތައް ނުނަގާ ހެދިނަމަ ރިސޯޓާ ދެކޮޅަށް ފިޔަވަޅުއަޅަން ޖެހޭ އަދި ތިމާވެއްޓަށް ލިބުނު ޖެއްލުމުގެ ބަދަލުދޭން ޖެހޭ. މިކަންކަން މިސަރުކާރަށް ކޮށްލުމުގެ ގާބިލްކަން އެބަހުރިބާ؟؟؟؟؟؟؟ މިކޮމެންޓު ކޮންމެވެސް ޖަހާލަދެއްޗޭ!
27 ޖުލައި 2018 | ހުކުރު 10:09
Ali
Mi sarukaarun kuraa kankamah hama ekani tweet kohleemaa nimunee...evess bayaku faadukeema.
27 ޖުލައި 2018 | ހުކުރު 09:13
މެސީ
ނަޝީދުއަށް އޮތް ތާއީދު ފެނިފަ ދީން އަށްޑަނައަކަށް ހަދާ ބޮޑު ހަރާމް ބައާވާތެއް ކޮއްފަ ތިބި ޝެއިހުން ސަލަފުންނޭ ކިޔައިގެން ތެޅެނީ