ކ. މާލެ
|
28 ޖުލައި 2018 | ހޮނިހިރު 13:19
އައިޖީއެމްއެޗްއަށް ވަންނަ މައި ދޮރު
އައިޖީއެމްއެޗްއަށް ވަންނަ މައި ދޮރު
މުހައްމަދު ޝަރުހާން
ނަރުހުންގެ އެލަވަނަސް
ނަރުހުންގެ އެލަވަންސްތައް ކަނޑާލަނީ މަޝްވަރާ ވެސް ކުރުމެއް ނެތި: އައިޖީއެމްއެޗް
ނަރުހުންގެ އެލަވަންސް ކަނޑާލުމުގައި އައިޖީއެމްއެޗްގެ އަތެއް ނޯންނާނެ
އައު އޮނިގަނޑުގެ ދަށުން ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަވެދާނެތީ ނަރުހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ނަރުހުންގެ އެލަވަންސްތައް ކަނޑާލީ މަޝްވަރާ ވެސް ކުރުމެއް ނެތި ކަމަށާއި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އައިޖީއެމްއެޗް އިން ބުނެފިއެވެ.

ނަރުހުންގެ އެލަވަންސްތައް ކަނޑާލީ އައިޖީއެމްއެޗް އިން ކަމަށް ބުނެ މީޑިއާގައި ފަތުރެމުންދާ ވާހަކަތަކާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ އެކަމުގެ މައުލުމާތާލު އެނގޭނީ ހެލްތު މިނިސްޓްރީއަށާއި ސިވިލްސާވިސް ކޮމިޝަނަށް ކަމަށެވެ. އަދި މީޑިއާގައި ތުހުމަތު ކޮށްފައިވާ އިލްޒާމުގެ އެއްވެސް ހިއްސާއެއް އައިޖީއެމްއެޗްގައި ނޯންނާނެ ކަމަށް ވަނީ ބުނެފައެވެ.

ނަރުހުންގެ އައު އޮނިގަނޑުގެ މަސައްކަތް ނިންމައި ތަންފީޒު ކުރުމުގައި އެންމެފަހުގެ މަސައްކަތް މިވަގުތު ކުރެވެމުން ދިޔަ ނަވެސް، އެ އޮނިގަނޑު ތަންފީޒު ކުރުމާ އެކު މުސާރައަށާއި އިނާޔަތްތަކަށް އަންނާނެ ބަދަލުތަކަކީ ކޮބައިކަން ވެސް ނޭނގޭ ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ. ނަމަވެސް އައު އޮނިގަނޑާ ގުޅިގެން އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ނަރުހުންނަށް މައުލޫމާތު ދިނުމަށް އައިޖީއެމްއެޗްގައި ވަނީ ސެޝަންތަކެއް ބާއްވާފައެވެ. 

އެ ސެޝަންތަކުގައި ނަރުހުންގެ އިސް ބޭފުޅުން ދެއްވި މައުލޫމާތަށް ބަލާއިރު ކުރިން ދެމުން އައި ރިސްކް އެލަވަންސް، ޝިފްޓް އެލަވަންސް، ޓެކްނިކަލް ނުވަތަ ސަޕޯޓް އެލަވަންސް އައު އޮނިގަނޑުގެ ދަށުން އުނކުރެވިގެންދާނެ ކަމަށް ނަރުހުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން ޑިއުޓީ ގަޑިއަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ. އައިޖީއެމްއެޗުގެ ނަރުހުން މިހާރު މަސައްކަތް ކުރަނީ ޑިއުޓީއެއްގައި އަށް ގަޑިއިރެވެ. ނަރުހުންނަކީ ސިވިލް ސާވިސް މުވައްޒަފުންގެ ގޮތުގައި ހަމަޖައްސާފައި ވުމުން، ސިވިލް ސާވަންޓުން މަސައްކަތް ކުރާ ހަ ގަޑިއިރަށް ވުރެ ނަރުހުންގެ މަސައްކަތް އިތުރުވާ ކޮންމެ ޑިއުޓީއެއްގައި، ދެ ގަޑިއިރު އޯވަރޓައިމް މިހާރު ލިބުނަސް، އާ ބަދަލާ އެކު ނަރުހުން މަސައްކަތް ކުރާ ވަގުތު އަށް ގަޑިއިރަށް ބަދަލު ކުރުމުން ދެ ގަޑިއިރުގެ އޯވަރ ޓައިމް ވެސް ކެންޑިގެންދާނެ އެވެ. ނަރުހުންނަށް ދެން އޯވަ ޓައިމް ލިބޭނީ އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރާ ނަމައެވެ.

މީގެ އިތުރުން އެންރޯލްޑް ނަރުހުންނަށް ދެ އަހަރު ދުވަހުގެ ތެރޭގައި ޑިޕްލޮމާ އަށް ކިޔަވަން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިވާންޖެހޭނެ ކަމަށް ވެސް ނަރުހުންނަށް މައުލޫމާތު ދީފައި ވެއެވެ. އައު އޮނިގަނޑުގެ ދަށުން އެޑްވާންސް ސެޓްފިކެޓް އޮންނަ އެންރޯލްޑް ނަރުހުންގެ މަގާމު އުވިގެންދާނެ ކަމަށް ވެސް ނަރުހުން ބުންޏެވެ. އަދި ކުރިއަށް އޮތްތަނުގައި މަގާމުތައް ވެސް ހަމަޖެހިގެންދާނީ ހާސިލްކޮށްފައިވާ ސެޓްފިކެޓްގެ މައްޗަށް ބިނާކޮށެވެ. އަދި މިހާރު ހުރި މަގާމުތައް ވެސް އެއާ އެއްގޮތަށް ބަދަލުވެގެންދާނެ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. 

އައު އޮނިގަނޑާ އެކު ގެއަށް ގެންދަންޖެހޭ މުސާރަ ކުޑަވެދާނެތީ ނަރުހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
27 ޖުލައި 2018 | ހުކުރު 05:34
ބޮބީ
ވަރަށް ހެއްވާ ކަމެއް. މީގަ ކޮންމެވެސް ގޯހެއް އެބަ އުޅޭ
27 ޖުލައި 2018 | ހުކުރު 05:31
ނަރުސް ސަޕޯޓާރ
އަޑުއެހިން ތި ވާހަކަ. އެއީ އެންމު ބުރަކޮށް މަސައްކަތްކުރާ ފީލްޑް. ނޯ ހޮލިޑޭސް. އަބަދުވެސް ކޯލް ގަ. ލިޓިރަލީ ނޯ ސޯސަލް ލައިފް. މިހާރުވެސް އެ މީހުނަށަށް ދޭ ވަރު މަދު. ވެރީ އަން ފެއާ. ކުރީ އަހަރު ފުލޫ ކަންތަކުގައި ދެކުނިން އެ ކުދިންގެ ވޯކް ލޯޑް. އައި ވޯޒް ސްޕީޗްލެސް. ނަރުހުންނަށް ވެސް އިނގޭނެތާ ވޯޓް ހޯދަން ދެބައި މީހުން އައިމަ ހަދަން ވީ ގޮތެއް. ޑިމާންޑް ފޯ ޔުއާ ރައިޓްސް މައި ޑިޔާ ނާރސެސް. ޕަބްލިކް ވިލް ބީ ވިތް ޔޫ!