ކ. މާލެ
|
27 ޖުލައި 2018 | ހުކުރު 02:41
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަވާލު ކޮށްދެއްވަނީ
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަވާލު ކޮށްދެއްވަނީ
މުހައްމަދު ޝަރުހާން
ގައުމީ އިނާމު
ޝަރަފުވެރިކަމުގެ އިނާމު 5 ބޭފުޅަކަށް، ހިތްވަރު ދިނުމުގެ އިނާމު 15 ބޭފުޅަކަށް
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަސް ބޭފުޅުންގެ ތެރެއިން 4 ބޭފުޅުންނަކީ، މީގެކުރިން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ޝަރަފުވެރި ކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު މި އަހަރު 20 ބޭފުޅަކަށް، ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.

ފަންސާސް ތިން ވަނަ މިނިވަން ދުވަސް ފާހަގަކުރުމާއެކު، ގައުމީ އިނާމު ދިނުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވީ ފަސް ބޭފުޅަކަށެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަސް ބޭފުޅުން:

  1. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި ޚިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާ އިން: ހ. ހިތްފަހި، ޝޭހު އަހުމަދު ފާރޫގު މުހައްމަދު
  2. ފަތުރުވެރިކަމުގެ ދާއިރާއިން: މއ. ރައުފަތުގެ، އަޙްމަދު މާހިރު
  3. އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން، ޖަމާއަތަށް ފައިދާ ހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: މއ. ފެހިއަލިއާގެ ޝަމީމާ ކަނބުލޭގެފާނު
  4. މަސައްކަތްތެރިކަމުގެ ދާއިރާ އިން: އަލްމަރްހޫމް މުހައްމަދު ޝާކިރުގެ ހަނދާނަށް
  5. ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރު ކުޅުމާއި ކުޅިވަރު ހިންގުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން: ހ. ހީނާގަސްދޮށުގެ، ހީނާ އަހުމަދު ސަލީމް

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ފަސް ބޭފުޅުންގެ ތެރެއިން 4 ބޭފުޅުންނަކީ، މީގެކުރިން ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

 

ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 15 ބޭފުޅުން:

  1. ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައި ދިނުމާއި ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން: ބ. އޭދަފުށީ ފިނިހިޔާ، އަބްދުލްމަޖީދު މުހައްމަދު
  2. ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާ އިން، ދިވެހި ބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި ބަސް ދިރާސާ ކުރުމުގެ ރޮނގުން: ބ. އޭދަފުށީ ދިލްކަޝްގެ، އަބްދުއްރަޝީދު އަލީ
  3. ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާ އިން، ދިވެހިންގެ ސަގާފީ ކުޅިވަރުތައް ކުރިއަރުވައި އާލާކުރުމުގެ ރޮނގުން: ހއ. ބާރަށް، ކާށިދޫގެ، ވޮރަންޓް އޮފިސަރު 1 އަބްދުއްރައްޒާގް އަބްދުއްރަޙްމާން
  4. ސިއްހީ ދާއިރާ އިން، އާންމު ސިއްހަތު ކުރިއެރުވުމުގެ ރޮނގުން: ސ. ހިތަދޫ، ހުދުވިލާގެ، ޑޮކްޓަރު އަބްދުﷲ އަފީފް
  5. އިޖުތިމާއީ ރައްކާތެރިކަމާއި އިންސާނީ ހައްގުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން، ތަފާތު ނުކުޅެދުންތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ރޮނގުން: ދަފްތަރު ނަންބަރު 4356، މަރްޔަމް ސަހުދާ
  6. ފަތުރުވެރިކަމުގެ ދާއިރާ އިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކި ކަންކަން ހިންގުމާއި ތަޢާރުފުކުރުމުގެ ރޮނގުން: ހ. ލޭޑީބަރޑް، މުހައްމަދު ފިރާގް
  7. ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާ އިން، މައުލޫމާތު ފެތުރުމުގެ ރޮނގުން: ދަފްތަރު ނަންބަރު 2600، މުހައްމަދު ޖަވާދު
  8. ޑައިވިންގެ ދާއިރާ އިން، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގެ ރޮނގުން: ނ. ކުޑަފަރި، ލަކީ ކޯނަރ، ޒޫނާ ނަސީމް
  9. ޑައިވިންގެ ދާއިރާ އިން، ރިކްރިއޭޝަނަލް ސްކޫބާ ޑައިވިންގެ ރޮނގުން: ކ. މާފުށި، އިރާކް، އާސިމް މުއައްމަދުފުޅު
  10. ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރު ހިންގުމާއި ފަންނީ ގޮތުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން: ސ. ހުޅުދޫ ޖަވާހިރު ވިލާ، އިބްރާހީމް ރަޝީދު (ސަތޯ)
  11. ކުޅިވަރުގެ ދާއިރާ އިން، ކުޅިވަރު ކުޅުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން: ވ. ކެޔޮދޫ، ތިބުރޯޒުގެ، ސްޓާފް ސާޖަންޓް އަހުމަދު އަބްދުލްކަރީމް
  12. ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން: އއ. އުކުޅަސް، ޑޭޒީމާ، ނައުފަލް މޫސާ
  13. ވިޝުއަލް އާޓްސްގެ ދާއިރާ އިން، ފިލްމް ޑައިރެކްޓް ކުރުމުގެ ރޮނގުން: ގ. ހޮޅިގެ، އަލީ ޝިފާއު
  14. ވިޝުއަލް އާޓްސްގެ ދާއިރާ އިން، އެނިމޭޝަންގެ ރޮނގުން: ރ. ފައިނު، ޗަމަން، އަހުމަދު ސިނާން
  15. ޕާފޯމިން އާޓްސްގެ ދާއިރާ އިން، ލަވަކިޔުމާއި މިޔުޒިކް ކުޅުމާއި އަމިއްލަ ރާގު އުފެއްދުމާއި މީހުން ތަމްރީން ކުރުމުގެ ރޮނގުން: ގދ. ތިނަދޫ، ކީރަންމާގެ، އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ)

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

ޝަރަފުވެރި ކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ އިތުރުން، ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ހާސިލް ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި ދެ ބޭފުޅަކަށާއި ދިވެހި ގައުމީ ޔުނިވަސިޓީން ފުރަތަމަ ޕީއެޗްޑީ ހޯއްދެވި ދެ ބޭފުޅަކަށް ވެސް އަގު ވަޒަން ކުރުމުގެ އިނާމު ރައީސް ޔާމީން ދެއްވި އެވެ. މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދި 19 މީހަކަށް ވެސް ރައީސް ޔާމީން އިނާމު ދެއްވި އެވެ.

ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެ ނޫން ވެސް ބައިނަލްއަގްވާމީ މިން ކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން ރައީސް ދެއްވާ އިނާމު ހާސިލުކުރި ތިން މީހަކަށް އިނާމު ދެއްވިއިރު، ކީރިތި ޤުރްއާން ހިތުދަސް ކުރި ހަތް ހާފިޒަކަށާއި ސާނަވީ އިމްތިހާނާއި މިދިޔަ އަހަރާއި މި އަހަރުގެ މަތީ ސާނަވީ އިމްތިހާނުން މުޅި ދުނިޔެ އިން އެކި މާއްދާތަކުން އެއްވަނަ ހޯދި ދަރިވަރުންނަށް ވެސް ރައީސް ޔާމީން މެޑަލް ދެއްވި އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް