ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 23:46
މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރައީސް ޔާމީން
ބޯ ހިޔާވަހިކަމުގެ ވައުދު ނުފުއްދައިދެވި ވާކަމަށް ރައީސް އެއްބަސްވެވަޑައިގަންނަވައިފި!
2030 ވަނަ އަހަރާއި ހަމައަށް ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ބޯހިޔާވަހިކަން ލިބޭނެކަމަށް ވިދާޅުވި

ރައީސް އަބުދުﷲ ޔާމީންގެ ދައުރުގައި ބޯ ހިޔާވަހިކަމުގެ ވައުދު ނުފުއްދައިދެވި ވާކަމަށް ރައީސް އެއްބަސްވެވަޑައިގަންނަވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނާއި މުޚާތަބުކުރައްވައި ބުރާސްވަތި ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ. އަދި ދައުލަތުގައި ފައިސާ އާއި ތަނަވަސްކަމެއްވެސް ނެތްކަމަށެވެ. އަދި މުޅި ދައުލަތް އޮތީ ދާޚިލީ ހަނގުރާމައެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް ކުރިއަށް އޮތް 10 ވަރަކަށް އަހަރަށް ވިސްނާއިރު، ބޯހިޔާވަހިކަން ވަރަށް ބޮޑަށް ރަނގަޅުކުރައްވާނެކަމަށް އެމަނިކުފަނު ވިދާޅުވިއެވެ. އެގޮތުން މިހާރު އަމާޒު ހިފާފައިވާގޮތަށް ބަލާއިރު، ތަރައްގީއާއި ބައްދަލުނުކުރާ އެއްވެސް ދިވެހިރައްޔިތަކު ނުހުންނާނެކަމަށާއި، ވިލިމާލެއާއި ހުޅުމާލޭގެ އައު ޝަހަރު ތަރައްގީ ކުރެވުމުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން 1000 ފޫޓުގެ ތަނެއް ނުލިބޭ އެއްވެސް މީހަކު ނުހުންނާނެކަމަށެވެ.

"މުޅި ރާއްޖޭގެ ތަރައްގީގެ ޗާޓު ފުރިހަމަވާނީ ބޯހިޔާވަހިކަމާއިއެކު. 2030 ވަނަ އަހަރާ ހަމައަށް ހުރިހާ ރާއްޖޭގެ ޒުވާނުންނަށް ބޯހިޔާވަހިކަން ލިބޭނެ. އަދި ކުރިއަށް އޮތް 10 އަހަރު ތެރޭ ދިވެހިންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވޭނެ" ރައީސް ވިދާޅުވިއެވެ.

އެގޮތުން ހުޅުމާލޭގައި، އެއްލައްކަ މީހުންގެ ބޯހިޔާވަހިކަން ގާއިމްކުރެވޭއިރު، ވިލިމާލެ 2 ގައި ތިންލައްކަ މީހުންގެ ބޯހިޔާވަހިކަން ގާއިމްކޮށްދީ، މާލެ-ހުޅުމާލެ އަދި ވިލިނގިލި ބްރިޖަކުން ގުޅާލާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ވައުދަކީ އަދި ޚާއްސަކޮށް އަލަތު ކައިވެންޏާއި އެކު ޒުވާނުންނަށް ފްލެޓް ލިބޭނެކަމުގެ ވައުދަކީ ރައީސް އަބުދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދަކަށް ވީއިރު އެވައުދުގެ އެެއްވެސް މިންވަރެއް ފުއްދައިދެވިފައި ނުވާކަމަށް ރައީސް ވަނީ އެއްބަސްވެވަޑަިގަންނަވާފައެވެ.

މި ވެރިކަމުގައި މިހާތަނަށް ރައްޔިތުންނަށް ލިބިފައިވަނީ ހައްތަހާވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޅިފްލެޓްތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
26 ޖުލައި 2018 | ބުރާސްފަތި 18:53
ސާބަސް
ތިހަބަރަކުން ނޭނގޭ ބޯހިޔާވަހިކަމިގެ ވައުދު ނުފުއްދާކަމެއް.