ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 23:27
ރައީސް މައުމޫނަށް ތާއީދު ކުރާ ބައެއް ފަރާތްތައް
ރައީސް މައުމޫނަށް ތާއީދު ކުރާ ބައެއް ފަރާތްތައް
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
ރައީސް މައުމޫނަށް ތާއީދުކުރާ ފަރާތްތަކުން މައުމޫން ރިފޯމް މޫވްމެންޓުގެ ނަމުގައި ހަރަކާތްތެރިވާން ފަށައިފި
އެމްއާރުއެމް ޖަހާފައިވާ މިދަދައަކީ އަސުރުމާ ކުލައިގެ ދިދައެއް
ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނަށް ވަރަށް އަވަހަށް ލިބޭނެ

ރިޔާސީ އިންތިހާބަށް ކުރަމުންދާ ކެމްޕޭންގައި ގުޅިފައިވާ އިއްތިހާދުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއިދު ކުރާ ފަރާތްތަކުން "މައުމޫން ރިފޯމް މޫވްމެންޓު"ގެ ނަމުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެގޮތުން ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިސަލް ނަސީމު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅުމަށް ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތުގައި ރައީސް މައުމޫންގެ ޓީމުން ވަނީ އެ ހަރަކާތް ރަމްޒުކޮށްދޭ ދިދަ ބޭނުންކޮށްފައެވެ. އެމްއާރުއެމް ޖަހާފައިވާ މިދިދައަކީ އަސުރުމާ ކުލައިގެ ދިދައެކެވެ.

ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކުގައި ރައީސް މައުމޫން ތަމްސީލުކުރާ މީހުން ބޭނުންކުރާނީ މިދިދަ ކަމަށެވެ. އަދި މައުމޫން ރިފޯމް މޫވްމަންޓްއަކީ ސިޔާސީ ޕާޓީއެއް ނޫންކަމަށާއި، ރައީސް މައުމޫން އުފެއްދެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ދާދި އަވަހަކަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ކޯޓަށް ނުފޫޒު ފޯރުވައިގެން ޕީޕީއެމް ރައީސް ޔާމީނާއި ހަވާލުކޮށްފައިވީ ނަމަވެސް ވަރަށް އަވަހަށް ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނަށް ލިބޭނެ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ. 

.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
27 ޖުލައި 2018 | ހުކުރު 07:33
ހ މ ޒ
ލޯބީގެ ޙައްޤުގައި މިތާ ޤުރުބާންވުމަށް ފަހެއް ނެތޭ ލޯތަކުގެ ކުރިމަތީވަނީ، ފުރިހަމަ ޝަހީދު ވާހިތޭ އިރުއިރުކޮޅާ އެ އަންނަހާ، ދުޝްމަންތަކުންގެ ކުރިމަތީ ބިރުނެތި ފުރާނަ ނެރެލުމަށް، ޤައުމަށްޓަކައި އުޅޭހިތޭ މެރިގެން ދެލޯ މި ފަސްގަނޑުން އަޅުގަނޑު ނިކުންނައިރުވަނީ އުންމަތުގެ ޙައްޤުގައި ޖިހާދު، އަދިއެއްފަހަރު ކުރާހިތޭ.
27 ޖުލައި 2018 | ހުކުރު 07:32
ހ މ ޒ
ލޯބީގެ ޙައްޤުގައި މިތާ ޤުރުބާންވުމަށް ފަހެއް ނެތޭ ލޯތަކުގެ ކުރިމަތީވަނީ، ފުރިހަމަ ޝަހީދު ވާހިތޭ އިރުއިރުކޮޅާ އެ އަންނަހާ، ދުޝްމަންތަކުންގެ ކުރިމަތީ ބިރުނެތި ފުރާނަ ނެރެލުމަށް، ޤައުމަށްޓަކައި އުޅޭހިތޭ މެރިގެން ދެލޯ މި ފަސްގަނޑުން އަޅުގަނޑު ނިކުންނައިރުވަނީ އުންމަތުގެ ޙައްޤުގައި ޖިހާދު، އަދިއެއްފަހަރު ކުރާހިތޭ.