ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 21:47
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
ޓްވިޓަރ
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިޚާބު 70 އިންސައްތައާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާނެ: އަލީ ވަހީދު
ކޯލިޝަންގެ ސަރުކާރަށް ރާއްޖޭގައި ބޮޑު ތާއީދެއް އެބައޮތް
މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖެ އަނބުރާ ހޯދުމަށް ލިބޭ ފަހު ފުރުސަތު

މިއަހަރުގެ ރިޔާސީ އިންތިޚާބު 70 އިންސައްތައާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާނެކަމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރަނިން މޭޓް ފައިސަލް ނަސީމް އިންތިހާބުގައި ވާދަކުރައްވަން އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމާ ގުޅިގެން ބީބީސީގެ "ނިއުސް ޑޭ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކޯލިޝަންގެ ސަރުކާރަށް ރާއްޖޭގައި ބޮޑު ތާއީދެއް އެބައޮތް ކަމަށާއި، ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ 70 އިންސައްތަ ވޯޓުން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ރާއްޖެ އަނބުރާ ހޯދުމަށް ލިބޭ ފަހު ފުރުސަތު ކަމަށާއި، މިފުރުސަތުގެ ގެއްލިއްޖެނަމަ ކައިރި މުސްތަގުބަލެއްގައި މިފަދަ ފުރުސަތެއް ލިބޭނެ ކަމުގެ އުންމީދު ކުޑަ ކަމަށެވެ. ރާއްޖޭގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ އިދިކޮޅު ލީޑަރުންނާއި، އަދުލް އިންސާފާއި، ގާނޫނު ތަންފީޒު ކުރަންތިބި އެތަކެއް ބޭފުޅުންނެއް ނުހައްގުން ޖަލައްލާފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް "ޕެރެލައިޒް" ކޮއްލާފައިވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސްއަޅާފައިވާ ކަމަށެވެ.

ރައީސް ޔާމިން މިއަދު ހުންނެވީ ގިނިކަންޏާ ހުންނެވި ނަމަވެސް މިއަހަރު ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށާއި، އިންތިޚާބު އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް