ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 22:59
ހެނބަނދޫ ގައި ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން
ހެނބަނދޫ ގައި ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން
ރާއްޖެ އެމްވީ
ނ. ހެނބަނދޫ
ހެނބަނދޫގެ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ނުލިބޭތީ އެރަށު ރައްޔިތުން މުޒާހަރާ ކުރަނީ
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑި ކަރަންޓު މައްސަލަ އަށް ހައްލެއް ނުލިބޭތާ ހަތަރު ފަސް އަހަރު ވެފައިވާ ކަމަށް

ނ. ހެނބަނދޫ ގައި ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑި ކަރަންޓު މައްސަލަ އަށް ހައްލެއް ނުލިބޭތާ ހަތަރު ފަސް އަހަރު ވެފައިވާ ކަމަށް ބުނެ އެރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ހެނބަނދޫ އިން ވާހަކަ ދެއްކި މީހަކު "ރާއްޖެއެމްވީ" އަށް ބުނީ، ހެނބަނދޫ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރާ މެމްބަރުގެ ފަރާތުންވެސް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. އަދި މާލެ ސަރަހައްދު ފިޔަވާ ރާއްޖޭގައި މީހުން ދިރިއުޅޭ އާބާދީއަށް ކަރަންޓާއި ފެނާއި ނަރުދަމާ އާއި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަ ގޮތެއްގައި ކުނި ނައްތާލުމުގެ ޚިދްމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އުފައްދާފައިވާ، ފެނަކަ އިން ވެސް އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. އޭގެ ހެއްކަކީ އިރުއިރުކޮޅާ ކަރަންޓު ކެނޑޭތަން ހަތަރު ނުވަތަ ފަސް އަހަރުވެފައި ވުމަށް ދާއިމީ ހައްލެއް ނުލިބުން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. 

ހެނބަނދޫ އިން ވާހަކަ ދެއްކި މީހާ ބުނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެ ރަށުގެ ރައްޔިތުންގެ ކަރަންޓުގެ ހާލަތު އެންގުމަށްޓަކައި ބުދަ ދުވަހުން ފެށިގެން މުޒާހަރާ ކުރަން ފަށާފައިވާ ކަަމަށެވެ. އަދި މުޒާހަރާ ކުރަމުން ދަނީ އިންޖީނުގެ ކުރިމަތީގައި ކަމަށެވެ. އަދި ފުލުހުން ވެސް ރަށުން ބޭރުން ހެނބަނދޫ އަށް އައިސް ހަރަކާތްތެރިވަމުން އަންނަ ކަަމަށް އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 ޖުލައި 2018 | ބުރާސްފަތި 20:02
Renewable Energy Maldives
Renewable Energy Maldives could be the solution to your energy individually