ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 22:37
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ޓްވިޓަރ
ގާސިމް އިބްރާހިމް
އަނިޔާވެރިކަމުގެ ހާސް ނޭވާއަށް ވުރެ، މިނިވަންކަމުގެ އެންމެ ނޭވާއެއްގެ އަގުވެސް މާ ބޮޑު: ގާސިމް
އަނިޔާވެރިކަމާއި ނުލާ ލެވޭ އެންމެ ނޭވާއެއްގެ އަގުވެސް މާ ބޮޑުކަމަށް ވިދާޅުވި

އަނިޔާވެރިކަމުގެ ހާސް ނޭވާއަށް ވުރެ، މިނިވަންކަމުގެ އެންމެ ނޭވާއެއްގެ އަގުވެސް މާ ބޮޑު ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާއި ގުޅިގެން  ބުރާސްފަތި ދުވަހު ކުރެއްވި އެ ޓްވީޓްގައި ގާސިމް ވިދާޅުވީ ، އަނިޔާވެރި އަޅުވެތިކަމުގައި ތިބެ ލެވޭ ހިޔަ ހާސް ނޭވާއަށް ވުރެ އަނިޔާވެރިކަމުން ސަލާމަތްވެތިބެ ލެވޭ އެންމެ ނޭވާއެއްގެ އަގުވެސް މާބޮޑުކަމަށެވެ.

އިންސާފު ލިިބިގެން ބިރުވެރިކަމުން ސަލާމަތްވެގެން ތިބެ ލެވޭ އެންމެ ނޭވާއެއްގެ ވެސް މާ އަގުބޮޑު ކަމަށް ގާސިމް ވިދާޅުވިއިރު، އެމަނިކުފާނު މި ވަގުތު ވެސް ހުންނެވީ ޖަލުހުކުމެއް ކުރައްވާފައެވެ. އަދި ޖަރުމަނު ވިލާތަށް ބޭސްފަރުވާއަކަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ހުންނެވީ އެގައުމުގެ ހިމާޔަތުގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް