ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 22:16
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
އަޒުމޫން އަހުމަދު
ކުރީގެ ރައިސް ނަޝީދު
އިބޫ އާއި ފައިސަލް އަށް މަރުހަބާ. ރައީސް ޔާމިން ބޮޑުތަނުން ބަލިވާނޭ ކަމީ ކަށަވަރުވާ ހަގީގަތެެއް: ރައީސް ނަޝީދު
ރިޔާސީ އިންތިޚާބަށް ވާދަކުރެެއްވުމަށްޓަކައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑީޑޭޓް އާއި ރަނިން މޭޓް ގެ ފޯމް ވަނީ ބުރާސްފަތި ދުވަހު ހުށަހަޅާފައި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމް ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅުއްވާފައިވާއިރު، އެ ދެބޭފުޅުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އިބޫ އާއި ފައިސަލް އަށް މަރުހަބާ ވިދާޅުވެ ކުރީގެ ރައީސް ނަޝީދު ޓްވިޓާ މެދުވެރިކުރައްވައި އިތުރަށް ވިދާޅުވީ އަންނަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމިން ބޮޑުތަނުން ބަލިވާނެ ކަމީ އިރާދަކުރެއްވިއްޔާ ކަށަވަރުވާ ހަގީގަތެއް ކަމަށެވެ. 

ބުރާސްފަތި ދުވަހު ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހަޅުއްވުމަށް ފަހު، އިބޫ ވިދާޅުވީ މިނިވަން ކަމަށް 53 އަހަރު ފުރުނު ކަމަށް ގަބޫލުކުރާ ދުވަހު ގުޅިފައިވާ ޕާޓީތަކުން މިނިވަންކަމާއި ޙައްގުތައް ކަށަވަރު ކުރުމަށް ފަށައިފައިވާ މަސައްކަތުގައި ކުރިއަށް އެއް ފިޔަވަޅު އެޅިއްޖެ ކަމަށެވެ. ކެންޑިޑެސީ ފޯމު ހުށަހެޅުމަށް އިބޫ އާއި ރަނިންގ މޭޓް ފައިސަލް ނަސީމް އާއި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެމްޑީޕީ އޮފީސް ކައިރިން އިލެކްޝަންސް ކޮމިޝަނުގެ އޮފީހަށް ދިއުމަށް ފުލުހުން ފުރުސަތު ދީފައި ވެއެވެ. 

ރައީސް އަބްދުﷲ ޔާމިންގެ ސަަރުކާރަށާއި އަދި ޚުދު އެމަނިކުފާނަށް ވަނީ ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތާއި މަގާމުގެ ނާޖައިޒު ފައިދާ ނަގަމުނދާ ކަމަށާއި، ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަތް ވައުދުތައް ނު ފުއްދަވާކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވެފައެވެ. އަދި އިސްލާމް ދީން އައްޑަނައަކަށް ބޭނުންކޮށް ބޮޑެތި ޖަރީމާތައް ހިންގަވަން އިސްލާމް ދީން ނިވާފަތްގަނޑަކަށް ހައްދަވާކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ. 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް