ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 18:09
ދާދިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އަމީން ވޯޓް ލައްވަނީ
ދާދިފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އަމީން ވޯޓް ލައްވަނީ
މުހައްމަދު ޝަރުހާން
އަބްދުﷲ އަމީން
މިނިވަން ދުވަހު ވައުދުވާންވީ ރައީސް ޔާމިންގެ ވަކިތަކުން ދިވެހި ރާއްޖެ ސަލާމަތްކުރުމަށް: އަބްދުﷲ އަމީން
ރިޔާސީ އިންތިޚާބަށް ވާދަކުރެެއްވުމަށްޓަކައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑީޑޭޓް އާއި ރަނިން މޭޓް ގެ ފޯމް ވަނީ ބުރާސްފަތި ދުވަހު ހުށަހަޅާފައި

މިއަހަރުގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ ކަމަށާއި މިއަދު ވައުދުވާންވީ ޚުދުމުޚުތާރު ރައީސް އަބްދުﷲ ޔާމިންގެ ވަކިތަކުން ދިވެހި ރާއްޖެ ސަލާމަތް ކުރުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ބުރާފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި އަމީން ވިދާޅުވީ ރައީސް އަބްދުﷲ ޔާމިން ކޮރަޕްޝަނާއި ނާއިންސާފުން މުޅި ގައުމު ހަލާކުކޮށް ހުއްޓުވާފައިވާ ކަަމަށާއި، މިކަމާ ދެކޮޅަށް ދިވެހި ރައްޔިތުން އެއްބައިވެ ދެކޮޅުވެ، ދިވެހީންގެ ގައުމު އަނބުރާ ދިވެހީން ހޯދަން ޖެހޭ ކަމަށެވެ. 

އަމީން ބުރާސްފަތި ދުވަހު މިހެން ވިދާޅުވިއިރު، އަމީން ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ ހިމެނޭ ގޮތުން، ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން، އެޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް، ބުރާސްފަތި ދުވަހު ފޯމް ހުށަހަޅުއްވާފައެވެ. 

ރައީސް އަބްދުﷲ ޔާމިންގެ ސަަރުކާރަށާއި އަދި ޚުދު އެމަނިކުފާނަށް ވަނީ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތާއި މަގާމުގެ ނާޖާއިޒު ފައިދާ ބޭނުން ކުރުމާއި، ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަތް ވައުދުތައް ނުފުއްދަވާކަމުގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އިސްލާމް ދީން އައްޑަނައަކަށް ބޭނުންކޮށް ބޮޑެތި ޖަރީމާތައް ހިންގަވަން ނިވާފަތްގަނޑަކަށް އިސްލާމް ދީން ބޭނުން ކުރައްވާކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 ޖުލައި 2018 | ބުރާސްފަތި 16:48
Kos
Aharen Kos vehje. Bala mee Hama thiya ameenu genai verikameh nu