ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 19:46
މާފުށީ ޖަލު:- ގިނަ ކުށްވެރިންތަކަކަށް ރައީސް ޔާމިން އަދަބު ލުއިކޮށްދެއްވައިފި
މާފުށީ ޖަލު:- ގިނަ ކުށްވެރިންތަކަކަށް ރައީސް ޔާމިން އަދަބު ލުއިކޮށްދެއްވައިފި
ރާއްޖެއެމްވީ
ރައީސުލް ޖުމްހޫރިއްޔާ
ޝަރުތުތަކަކާއެކު ބައެއް ކުށްވެރިންނަށް އަދަބު ލުއި ކޮށްދެއްވައިފި
އަދަބުލުއި ކޮށްދެއްވީ ކިތައް މީހުނަށް ކަމެެއް ރައީސް އޮފީހުން ނުބުނޭ
ޝަރުތުތަކަކީ ކޮބައި ކަމެއް ވެސް ހާމައެއް ނުކުރޭ

ހުކުމް ތަންފީޒު ކުރަމުންދާ ބައެއް މީހުންނަށް އަދަބު ލުއިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް  ނިންމަވައިފިއެވެ. ރިޔާސީ އިންތިހާބަށް ދެ މަހަށް ވުރެ ގާތްވެފައި ވަނިކޮށް ބައެއް މީހުންނަށް އަދަބު ލުއި ކޮށްދެއްވުމަށް ރައީސް ޔާމިން ނިންމެވީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފައި ވެއެވެ.

މިގޮތަށް އަދަބު ލުއި ކޮށްދެއްވުމަށް ނިންމެވީ، މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތު ހަމަވާ މީހުންނަށް ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.  އަދަބު ލުއިކޮށްދެއްވުމަށް ރައީސް ޔާމިން ނިންމަވާފައި ވަނީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީއަކުން ޙުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި އެމީހުންގެ ބެލެނިވެރިންނާއި އިންޓަވިއު ކުރުމަށް ފަހު ކަނޑައެޅިފައިވާ ޚާއްޞަ ޝަރުތުތަކަކާއި އެކު ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެެވެ. ނަމަވެސް އެ ޝަރުތު ތަކަކީ ކޮބައިކަމެއް ރައީސް އޮފީހުން ހާމަ ކޮށްފައިނުވެ އެވެ. އެހެން ނަމަވެސް މިގޮތުން އަދަބު ‏‏ލުއިކޮށްދެއްވާފައިވާ މީހަކު، ޝަރުޠަކާ ޚިލާފުވެއްޖެނަމަ، އެމީހަކަށް ‏‏އަދަބު ލުއިކޮށްދިން ދިނުން ބާތިލުވުމާއެކު، ރައީސުލްޖުމްހޫރިއްޔާ، އެމީހަކަށް އަދަބު ލުއިކޮށްދެއްވުމުގެ ކުރިން އެމީހަކު ހުރި ޙާލަތަށް ރުޖޫޢަވެގެންދާނެ ކަމަށާއި، އަދި ‏‏އަދަބު ލުއިކޮށްދެއްވި ޙުކުމުގެ ތަންފީޒުނުވެ ބާކީ އޮތް މުއްދަތު ތަންފީޒު ކުރަންޖެހޭނެ ކަމަށް ‏‏ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވެއެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ ޖިނާއީ ޙުކުމެއްގެ ދަށުން އަދަބު ‏‏ކަނޑައެޅިފައިވާ މީހުންގެ އަދަބު ލުއި ކޮށްދެއްވި ކަމުގައިވީ ނަމަވެސް، އެ މީހެއްގެ މައްޗަށް ‏‏ކުރެވުނު ޙުކުމުގައި ފައިސާ ދައްކަންޖެހޭ ކަމުގެ އިލްތިޒާމެއް އޮތް ކަމުގައިވާނަމަ، އެ ‏‏އިލްތިޒާމަކަށް ލުޔެއް ދެއްވާފައެއް ނުވާ ކަމަށެވެ.  

ރައީސުލް ޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވީ ކިތައް މީހުންނަށް ކަމެއް އަދި އެމީހުންނަށް އަދަބު އައިސްފައި ވަނީ ކޮން ކުށްތަކެއްގައި ކަމެއް ވެސް ރައީސް އޮފީހުން ނުބުނެ އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އަދަބު ލުއިކޮށްދެއްވުމުގައި މީހަކު މެރުމުގެ ކުށާއި، އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށްތަކާއި، ޓެރަރިޒަމްގެ ކުށާއި، ‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށާއި، ‏ގަދަކަމުން ބަދު އަޚްލާޤީ ޢަމަލު ހިންގުމުގެ ކުށާއި، އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ޙުކުމްތައް ތަންފީޛުކުރަމުންދާ ނުވަތަ ކުރަން ޖެހިފައިވާ މީހުން ހިމެނިފައިނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.      

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
27 ޖުލައި 2018 | ހުކުރު 22:54
ވަގު
ޔާމީން ބުނެފިއްޔާ ސައްހަ ޢެއްނުން ދޯ ދެކޮޅައް ނެރެފިއޔާ ގޯސް