ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 19:17
ިއީބުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ރައީސާ ޙަވާލު ކުރައްވަނީ
ިއީބުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ރައީސާ ޙަވާލު ކުރައްވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ހަމަހަމަ ފުރުސަތު ނުދޭ ފަރާތްތަކުގެ މައްސަލަ ބެލުމަށް ފައިސަލް ގޮވާލައްވައިފި
ވަކި ބަޔަކަށް މަސައްކަތް ކުރުމަށް ސަރުކާރުގެ މުވައްޒަފުންނަން ދަނީ މަޖުބޫރުކުރަމުން
އިންތިހާބުގައި ނެނގޭ ވޯޓަކީ މިނިވަންކަމާ އެކު ނެގޭ ވޯޓަކަށް ވާންޖެހޭ

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަހަމަ ފުރުސަތު ނުދޭ ފަރާތްތަކުގެ މައްސަލަ ބެލުމަށް ކަމާ ބެހޭ މުވައްސަސާތަކަށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ގޮވާލައްވާއިފިއެވެ.

ފައިސަލް ވިދާޅުވީ ދައުލަތުގެ ހުރިހާ ވަސީލަތްތަކާއި ސަރުކާރުގެ ހުރިހާ މުވައްޒިފުންގެ ބޭނުން ވަކި ބަޔަކު ކުރާ ކަމުގެ އަޑުއިވެމުންދާ ކަމަށެވެ. ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމަށް އިޝާރަތް ކުރައްވައި ފައިސަލް ވިދާޅުވީ ދިވެހި ސަރުކާރުގެ މުދަލާއި އެހެނިހެން ވަސީލަތްތަކަކީ ރައްޔިތުންގެ ޙައްގެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ހުރި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި މިއައީ. މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެންނަން އަޑުއިވިގެން މިދަނީ ދިވެހި ދައުލަތާއި، ސަރުކާރުގެ ހުރިހާ ވަސީލަތްތަކާއި، ސަރުކާރުގެ ހުރިހާ މުވައްޒިފުންގެ ބޭނުން ވަކި ބަޔަކު ހިފައިގެން އެބައެއްގެ ކުރިއެރުމަށްޓަކައި ނުވަތަ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ވާހަކަ،" ފައިސަލް ވިދާޅުވިއެވެ.

އިންތިހާބުގައި ވާދަކުރާ ހުރިހާ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދޭންޖެހޭނެ ކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ސަރުކާރުގެ މުވައްޒިފުންނަން މަޖުބޫރުކޮށްގެން، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކުގެ މައްސަލަ ތަޙްގީގްކޮށް ދިނުމަށް އެދޭ ކަމަށެވެ.

އީބުގެ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވަނީ

"މިނިވަން ދުވަހެއް ފާހަގަކުރަމުން ދާއިރު، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަން ހަގީގީ މިނިވަންކަމާ އެކު، ގައުމުގައި އަމާންކަމާ އެކު އުޅެވޭނެ މަގު ފަހި ވެގެންދާން އެބަޖެހޭ. އެކަންކަންތަށް ލިބިގަތުމަށްޓަކައި އަޅުގަނޑު ދަންނަވާނީ މިހާރު އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ކުރިމަތީގައި މި އޮތީ 23 ސެޕްޓެމްބަރ، މިނެގޭ ވޯޓަކީ މިނިވަންކަމާ އެކު ނެގޭ ވޯޓަކަށް ވާން އެބަޖެހޭ" ފައިސަލް ވިދާޅުވިއެވެ.

ކެންޑިޑެސީ ފޯމު ހުށަހެޅުމަށް އިބޫ އާއި ރަނިންގ މޭޓް ފައިސަލް ނަސީމް އާއި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެމްޑީޕީ ހަރުގެ ކައިރިން އިލެކްޝަންސް ކޮމިޝަންގެ އޮފީހަށް ދިއުމަށް ފުލުހުން ފުރުސަތު ދީފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް