ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 20:40
ކޮންމެ އަހަރަކު ވެސް ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖް އިނގިރޭސި ރާނީ ފޮނުއްވަމުން ގެންދަވާ
ކޮންމެ އަހަރަކު ވެސް ރާއްޖޭގެ މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖް އިނގިރޭސި ރާނީ ފޮނުއްވަމުން ގެންދަވާ
ގެޓީ އިމޭޖަސް
މިނިވަން ދުވަސް
މިނިވަންދުވަހުގެ ތަހުނިޔާ އިނގިރޭސި ރާނީ ދިވެހިންނަށް ފޮނުއްވައިފި
ދިވެހިރާއްޖެއަށް މިނިވަންކަން ލިބިފައި ވަނީ 1965 ވަނަ އަހަރު
މިނިވަން ކަމަށް 53 އަހަރު ފުރުނުއިރު ވަނީ ކޮމަންވެލްތުން ވަކިވެފައި

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށާއި ރާއްޖޭގެ ރައްޔިތުންނަށް އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އިނގިރޭސި ސަރުކާރުން އާއްމު ކުރައްވާފައިވާ ރާނީގެ މެސެޖުގައި އެކަމަނާ ވަނީ ކުރިޔަށް އޮތް އަހަރުތަކަކީ ދިވެހި ރައްޔިތުންނަށް އުފާފާގަތި އަހަރުތަކެއް ކަމުގައި ވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އިނިގިރޭސިންގެ ހިމާޔަތުގައި އޮތުމަށް ފަހު ދިވެހިރާއްޖެއަށް މިނިވަންކަން ލިބިފައި ވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށް ފަހު ޚާރިޖީގުޅުންތައް ވަރުގަދަވެ ގައުމުތަކާއި ގުޅުން ރަނގަޅުވަމުން ދިއުމަށް ފަހު މި ހިނގާ ފަސް އަހަރަކީ ވޭތުވެދިޔަ ދިގު މާޒީގައި ދިވެހިރާއްޖެ, ބޭރުގެ ދުނިޔެ އާއި އެކަހެރިވެ ގައުމުތަކާއި ގުޅުންއެންމެ ހީނަރުވި އަހަރުތަކެވެ.

އިނގިރޭސިންގެ އަޅުވެތިކަމުގައި އޮތް ގައުމުތަކާއި ހިމާޔަތުގައި އޮތް ގައުމުތައް މިނިވަންވުމަށް ފަހު އެ ގައުމުތައް އެކުވެގެން އުފައްދާފައި އޮންނަ ކޮމަންވެލްތު ޖަމްއިއްޔާއިން ދިވެހިރާއްޖެ ވަކިވެފައި ވަނީ މި ވެރިކަމުގެ ތެރޭގައެވެ.

ދިވެހިރާއްޖެއަށް ތައުލީމާއި ތަމްރީނު އަދި ގައުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް ފަންނީ އެތައް އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އެ ޖަމާއަތުން ވަކިވި ސަބަބަކީ ދިވެހިސަރުކާރު ގާނޫނީ އިމުގެތެރެއަށް ވަދެ ގާނޫނު އަސާސީގައި ކަށަވަރު ކޮށްދޭ ހައްގުތައް ދިވެހިންނަށް ފޯރުކޮށްދިނުމަށް ތަކުރާރުކޮށް ގޮވާލަމުން ދިޔަ ދިއުމަށް އިޖާބަ ނުދިނުމުން އެ ޖަމާއަތުން ފިޔަވަޅު އަޅާފާނެކަމުގެ ބިރަށެވެ. މީގެ އިތުރުން އިސްލާމީ ދެ ޤައުމުކަމުގައިވާ އީރާނާއި، ޤަޠަރާ އާއެކު އޮތް ޑިޕްލޮމެޓިކް ގުޅުން ވެސް ވަނީ ކަނޑައިލައިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް