ކ. މާލެ
|
27 ޖުލައި 2018 | ހުކުރު 08:55
ިއީބުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ރައީސާ ޙަވާލު ކުރައްވަނީ
ިއީބުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ރައީސާ ޙަވާލު ކުރައްވަނީ
މުހައްމަދު ޝަރުހާން
އިބޫގެ ކެންޑިޑެސީ ފޯމު
އިންތިޚާބަށް ކުރިމަތިލެއްވުމަށް އިބޫ ފޯމް ހުށަހަޅުއްވައިފި
އިބޫ އާއެކު ރަނިންގމޭޓް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި
ކެންޑީޑެސީ ފޯމު ހުށަހަޅާފައިވަނީ ކުލަގަދަ ރަސްމިއްޔާތަކާއިއެކު

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ރަނިންމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.

އިބޫގެ ކެންޑިޑެސީ ފޯމު ހުށަހަޅާފައި ވަނީ އެކަމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން އިންތިޒާމު ކުރި ޚާއްސަ ރަސްމިއްޔާތަކާއިއެކުއެވެ.

އެގޮތުން އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އިބޫ އާއި ފައިސަލް އަދި އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުގެ އެހެން ލީޑަރުން ވެސް ވަޑައިގަންނަވާފައި ވަނީ ހިންގަވައިފަ އެވެ.

އިދިކޮޅު މައި ޕާޓީގެ އޮފީސް ދޮރުމަތިން ފެށި ރަސްމިއްޔާތުގައި އިދިކޮޅު އިއްތިހާދުގެ ޕާޓީތަކުގެ އިސްބޭފުޅުން ތިއްބެވީ އެ ޕާޓީތަކުގެ ކުލަތައް ރަމްޒްކޮށްދޭ ދިދަތައް ހިއްޕަވައިގެންނެވެ.

އޭގެ ތެރޭގައި އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ރައީސް މައުމޫނު ތަމްސީލު ކުރައްވާ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓުގެ ކެންޑިޑެންސީ ފޯމު ހުށަހަޅަން ވަޑައިގެންނެވިއިރު، ޖަޒީރާވަންތަ ދިވެހިރާއްޖޭގެ ޘަޤާފަތް ރަމްޒުކޮށްދޭ ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ފެނިގެން ގޮސްފައިވެއެވެ. އަދި މި ހަރަކާތަށް ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަކޮށްލެއެވެ.

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އާއި ރަނިންގމޭޓް ފައިސަލް ނަސީމްގެ ކެންޑިޑެސީ ފޯމް އިލްކެޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ވަޑައިގަތުމުން އެ ދެބޭފުޅުންނަށް މަރުޚަބާ ދެންނެވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ.

އިބޫގެ ކެންޑިޑެސީ ފޯމާއި ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފެވެ. ޝަރީފާއެކު އިލެކްޝަންސް ކޮމިޝަނުގެ އެހެން މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް