ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 12:22
ހެލްތު މިނިސްޓްރީން ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން
ހެލްތު މިނިސްޓްރީން ނަރުހުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން
ހެލްތު މިނިސްޓްރީ
އެންރޯލްޑް ނަރުހުން
އެންރޯލްޑް ނަރުހުން ދެ އަހަރުގެ ތެރޭގައި ޑިޕްލޮމާއަށް ކިޔަވަން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިވުމަށް އަންގަނީ!
ރިސްކް އެލަވަންސާއި ޝިފްޓް އެލަވަންސް ވެސް ކަނޑަލަން ވަނީ ނިންމާފައި
މަސައްކަތްކުރާ ރަސްމީ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަން ވަނީ ނިންމާފައި
ބައެއް ނަރުހުންގެ މުސާރައިން މިހާރު ލިބޭ އަދަދަށް ވުރެ 5000ރ. މަދުވާނެ ކަމަށް ބެލެވޭ

އެންރޯލްޑް ނަރުހުން ދެ އަހަރުގެ ތެރޭގައި ޑިޕްލޮމާއަށް ކިޔެވަން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިވުމަށް އަންގަން ސަރުކާރުން ނިންމައިފިއެވެ.

ނަރުހުންނާއި ޑޮކްޓަރުންގެ އާ އޮނިގަނޑަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ބެލެވޭ އިރު އެކަމާ ބެހޭ ގޮތުން އައިޖީއެމްއެޗްގައި މިހާރު ވަނީ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފަށާފައެވެ. މައުލޫމާތު ސެޝަނެއްގައި ބައިވެރިވި ނަރުހަކު ބުނީ ދެ އަހަރުގެ ތެރޭގައި އެންރޯލްޑް ނަރުހުންގެ މަގާމު އުވާލުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ދެ އަހަރުގެ ތެރޭގައި ޑިޕްލޮމާ އަށް ކިޔެވުން ފެށުމަށް ނުވަތަ ވަޒީފާ އިން ވަކިވާންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. އެންރޯލްޑް ނަރުހުންނަކީ އެޑްވާންސް ސެޓްފިކެޓް ލެވެލްގެ ނަރުހުންނެވެ. އައިޖީއެމްއެޗްގެ އިތުރުން ރަށްރަށުގައި ވެސް އެ ލެވެލްގެ ގިނަ އަދަދެއްގެ ނަރުހުން މަސައްކަތްކުރެއެވެ. 

މީގެ އިތުރުން އާ އޮނިގަނޑަށް ބަދަލުކުރުމުން މުސާރަ އަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށް ވެސް މައުލޫމާތު ދީފައިވާ ކަމަށާއި އެ ގޮތުން މިހާރު ލިބޭ ރިސްކް އެލަވަންސް އާއި ޝިފްޓް އެލަވަންސް ވެސް ކަނޑާލަން ނިންމާފައިވާ ކަމަށް އެ މުވައްޒަފު ބުންޏެވެ.

މީގެ އިތުރުން ވަޒީފާގެ ރަސްމީ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ނަރުހުންނާއި ޑޮކްޓަރުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމަށް ވާތީ މިހާރު ރަސްމީ ގަޑީގެ ގޮތުގައި އޮންނަނީ ހަ ގަޑިއެވެ. ނަމަވެސް ތިން ޝިފްޓަށް ޑިއުޓީ ބަހާފައި ވާތީ މިހާރު އޮންނަ ގޮތުން ދެ ގަޑިއިރު ގުނަނީ އިތުރު ގަޑީގެ ގޮތުގައެވެ. ސިވިލް ސަރވިސްގެ ގަވައިދުގައި ނަރުހުންނާއި ޑޮކްޓަރުން މަސައްކަތް ކުރުމަށް ކަނޑައަޅާފައި ވަނީ ހަ ގަޑިއިރެވެ. އެހެންކަމުން އެ ދެ ގަޑިއިރު އޯޓީގެ ގޮތުގައި ދެން ނުލިބޭނެއެވެ.

މީގެ އިތުރުން އޮގަސްޓް މަހު އަމަލުކުރަން ފަށާނެ ކަމަށް ބެލެވޭ އޮނިގަނޑުގެ ދަށުން ސަރވިސް އެލަވަންސް ލިބޭނީ ރޭންކްތަކަށް ކަނޑައެޅިފައިވާ މިންވަރަށް ކަމަށާއި ބޭސިކް މުސާރަ ބޮޑު ކުރި ނަމަވެސް އެހެން އެލަވަންސްތައް ކެނޑުމުން އެންރޯލްޑް ނަރުހުންނަށް 5000ރ. އަށް ބޮޑު އެއްޗެއް މުސާރައިން ކެނޑިގެންދާނެ ކަމަށް ބެލެވޭ ކަމަށް ނަރުހުން ބުނެއެވެ.

"ވަރަށް ބޮޑު ރިސްކެއްގައި ނަރުހުން މަސައްކަތްކުރަނީ. އެކަމަކު ރިސްކް އެލަވަންސް ކަނޑާލުމަކީ ކަންބޮޑުވާ ކަމެއް. ބިދޭސީ ނަރުހުންނަށް އެބަ ލިބޭ އެކޮމޮޑޭޝަން އާއި ފުޑް އެލަވަންސް ވެސް. ނަމަވެސް ދިވެހި ނަރުހުންނަށް އެ ވެސް ނުލިބޭ. ސިވިލް ސާވިސްގައި ހަ ގަޑިއިރު މަސައްކަތް މި އޮންނަނީ. އެކަމަކު ނަރުހުންނަށް އަށް ގަޑި އިރު ހަމަޖެއްސުމަކީ ވެސް ވަރށް ބޭއިންސާފުންކުރާ ކަމެއް. ވަރަށް ބޮޑު ތަފާތުކުރުމެއް،" ރާއްޖެއެމްވީއާ ވާހަަކަ ދެއްކި ނަރުހަކު ބުންޏެވެ. 

އެންރޯލްޑް ނަރުހުންގެ އިތުރުން ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑަށް ވެސް ބަދަލުތަކެއް ގެނެސް އޮގަސްޓް އެކަކުން ފެށިގެން އަމަލު ކުރަން ފެށޭނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އާ ބަދަލާ އެކު އާ އޮނިގަނޑާ އެއްގޮތަށް ވަޒީފާތައް ބަދަލުވެގެންދާނެއެވެ. އަދި ކުރިއެރުން ދިނުމަށް ހަމަޖައްސާފައި ވަނީ ވެސް ކޮލިފިކޭޝަން އަށް ބަލައިގެންނެވެ. އެހެންކަމުން ޑިޕްލޮމާ އޮންނަ ފަރާތްތަކަށް ވެސް މުސާރައިގެ ކުރިއެރުން ލިބިގެންދާނީ ޑިގްރީ އަށް ކިޔެވުމުންނެވެ. ނުވަތަ އެއަށް ވުރެ މަތީ ލެވެލްއެއްގެ ސެޓްފިކެޓެއް ހާސިލްކުރުމުންނެވެ. 

އެހެން ނަރުހަކު ބުނީ އާ އޮނިގަނޑުގެ ދަށުން ގެންނަ ބަދަލުތަކުގެ ސަބަބުން ނަރުހުންގެ ވަރަށް ބޮޑު ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ޖުލައި 2018 | ބުރާސްފަތި 11:41
Nurse
Raajeygai naruhunna doctarun kuraa masakathaa alhaa kiyeyne ehen jobeh nei kanneyge... abadhuves emeehunge musaara boduvegen kanbodu vaanyy... ehen bayaku weekeh vandhen mi jobah dhiyaima ingeyne naruhunna doctarun ge musaara akyy haggu vaavarah vure ves kuda ehcgeh kan.... dhera kameh mee..
26 ޖުލައި 2018 | ބުރާސްފަތި 09:58
Hassan
ENROLLED NARUHUN SARUKARAH EHMEY VOTE EH VES NUDHEYTHTI
26 ޖުލައި 2018 | ބުރާސްފަތި 07:58
ނަންނި
އެންރޯލް ނަރުހުން ކަނޑާލާ ވާހަކަ ދައްކާއިރު މިހާރު ވެސް ހޮސްޕިޓަލް ތަކުގަ ގިނަ މަސައްކަތް ކުރާ ބަޔަކީ އެއީ. ދެން ހުރިހާ އެލަވަންސް ކަނޑާފަ ހިލޭ ސާބަހަށް މަސައްކަތް ކުރާ ބަޔަކަށް ހަދަންވީނުން.