ކ. މާލެ
|
26 ޖުލައި 2018 | ބުރާސްފަތި 00:10
ކޯސްޓްގާޑް ލޯންޗެއް
ކޯސްޓްގާޑް ލޯންޗެއް
ގޫގުލް
ކަނޑުމަތީގެ ހާދިސާ
މ އަތޮޅު ގިރިއަކަށް ކަންނެލި ދޯންޏެއް އަރައިފި
މ އަތޮޅު ރާބިދި ހުރާ ކައިރީ އޮންނަ ގިރިއަކަށް އަރާފައިވަނީ އާއިލާ ނަމަކަށް ކިޔާ ކަންނެލި އޮޑިއެއް
މި ދޯނީގައި 12 މީހުން ތިބިއިރު އެންމެންގެ ހާލު ރަނގަޅު

ކަންނެލި އޮޑިއެއް މ. އަތޮޅު ގިރިއަކަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާ ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އާއިލާ ނަމަކަށް ކިޔާ 70 ފޫޓްގެ މި ކަންނެލި އޮޑި އަރާފައިވަނީ މ. އަތޮޅު ރާބިދި ހުރާ ކައިރީ އޮންނަ ގިރިއަކަށް ކަމަށްށެވެ. އަދި އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ބުދާ ދުވަހުގެރޭ 19:19 އެހާއިރުކަމަށެވެ.

ގދ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ މި ދޯނީގައި 12 މީހުން ތިބި ކަމަށާއި އެންމެންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި ދޯނީގެ ބަނޑު ފިލައަށް ގެއްލުން ތަކެއް ވެފައިވާކަމަށާއި ދޯނި ފުންކުރުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން ގެންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް