ކ. މާލެ
|
25 ޖުލައި 2018 | ބުދަ 22:08
އަބުދުﷲ ކަމާލުއްދީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
އަބުދުﷲ ކަމާލުއްދީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އަބުދުﷲ ކަމާލުއްދީން
އަބުދުﷲ ކަމާލުއްދީން ޖޭޕީން ވަކިވެވަޑައިގެން މައުމޫނު ފަޅިއަށް!
މައުމޫނު ފެއްޓެވި އިސްލާހީ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ވިދާޅުވި

ޖުމްހޫރީ ޕާޓީގެ ކުރީގެ ނާއިބު ލީޑަރު އަބުދުﷲ ކަމާލުއްދީން ޖޭޕީން ވަކިވެވަޑައިގެން އިސްލާހީ މަސައްކަތުގައި ރައީސް މައުމޫނަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

މި ނިންމެވުމާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަބުދުﷲ ކަމާލުއްދީން ވިދާޅުވީ، އެމަނިކުފާނުގެ މި ނިންމެވުން ނިންމެވީ ޖޭޕީއާ އެއްވެސް މަައްސަލައެއް އޮވެގެން ނޫން ކަމަށެވެ.

"ރައީސް މައުމޫނު ފެއްޓެވި އިސްލާހީ މަސައްކަތަށް ތާއީދުކޮށް ކުރިއަށް ދާން މިނިންމީ. އެކަން ކުރެވޭނީ މިނިވަނެއްގެ ގޮތުގައި ހުރެގެން ކަމަށް އަޅުގަނޑަށް ފެންނާތީ ވަކިވީ،" ކަމާލުއްދީން ވިދާޅުވިއެވެ.

އިސްލާހީ މަސައްކަތުގައި ރައީސް މައުމޫނުގެ ފަޅިއާ ގުޅިވަޑާއިގަތުމަށް ކަމާލުއްދީން ނިންމެވިއިރު، އެމަނިކުފާނަކީ ރައީސް މައުމޫނުގެ 30 އަހަރުގެ ދިގު ވެރިކަމުގައި މައުމޫނުގެ އަރިހުގައި އިޚްލާތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 15 އަހަރު ވަންދެން މައުމޫނު ސަރުކާރުގެ އެކި ވުޒާރާތަކުގައި މިނިސްޓަރެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ޚިދުމަތް ކުރައްވާފައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އެންމެ ފަހުން ހުންނެވީ ހޯމް މިނިސްޓަރަކަށެވެ.

ރައީސް މައުމޫނާ އެކު ޑީއާރުޕީގައި ހުންނެވުމަށް ފަހު ޕީޕީއެމް އުފެދުމުން އެޕާޓީއާ ގުޅިވަޑައިގަތެވެ. އަދި އޭގެ ފަހުން ޖޭޕީ އާއި ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ އިބޫ-ފައިސަލްގެ ކެމްޕެއިނަށް ތާއީދު ހޯއްދެވުމަށް ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރައީސް މައުމޫނުގެ ފަރާތްޕުޅުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ އަބުދުﷲ ކަމާލުއްދީނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް