ކ. މާލެ
|
25 ޖުލައި 2018 | ބުދަ 19:21
މަރުކަޒީ ބޭންކް
މަރުކަޒީ ބޭންކް
މުހައްމަދު ޝަރުހާން
ރާއްޖޭގެ ކްރެޑިޓް ރޭޓިންގ
ދަރަނި ބޮޑުވެ، ރާއްޖޭގެ ރޭޓިންގ ދަށްކޮށްފި!
ސްޓޭބަލް އިން ނެގެޓިވްއަށް ވަނީ ދަށްކޮށްފައި
ކުރިއަށް އޮތްތަނުގައި ދަރަނި އިތުރަށް ބޮޑުވާނެ

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކޮށްފިއެވެ.

ކްރެޑިޓް ރޭޓިންގ އެޖެންސީ މޫޑީސްއިން ރާއްޖޭގެ ރޭޓިންގ 'ސްޓޭބަލް'އިން 'ނެގެޓިވް'އަށް ވަނީ ބަދަލުކޮށްފައެވެ. ދަރަނި އިތުރަށް ނެގުމުގެ ޤާބިލްކަން ރާއްޖޭގެ ނެތްކަމަށް ބައިނަލްއަޤްވާމީ އެޖެންސީތަކުން ނިންމަމުންދާއިރު، ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ ސަރުކާރުން ގެންދަނީ އިތުރަށް ދަރަނި ނަގާނެކަމަށާއި، ދަރަނި ނެގުމަކީ މައްސަލައެއް ނޫންކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތްކުރަމުންނެވެ. 

ސަރުކާރަށް ދިމާވެފައިވާ ދަރަނި ބޮޑުވުމުގެ މައްސަލަ 2020 ވަނަ އަހަރާއި ހަމަޔަށް ދިގު ދެމިގެންދާއިރު، މިހާރު ފަށާފައިވާ އުމްރާނީ ތަަރައްޤީގެ މަޝްރޫޢުތަށް ކުރިއަށް ގެންދިޔުމަށް އިތުރަށް ލޯނުތައް ނަގަން ޖެހޭނެކަން މޫޑީސްއިން ފާހަގަކުރެއެވެ. އަދި މިލޯނުތައް ހޯދުމަށް ރާއްޖޭގެ ބޭންކްތަކަށް ނުކުޅެދިފައިވާއިރު، ބޭރުގެ ބޭންކްތަކަށްވެސް ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު އޮތް ގޮތުން އެލޯނުތައް ދިނުމަށް ދަތިވާނެކަން މޫޑީސްއިން ފާހަގަކުރެއެވެ. 

މީގެ އިތުރުން މިހާރު ވިއްކާފައިވާ ބޮންޑްތަކަށް 2022 ވަނަ އަހަރު ރާއްޖެއިން ފައިސާ ދައްކަން ޖެހުމުން، ދަރަނީގެ ނުރައްކާ އިތުރަށް ބޮޑުވެގެންދާނެކަންވެސް މޫޑީސްއިން ފާހަގަކުރެއެވެ. މީގެ އިތުރުން މަޝްރޫޢުތައް ހިންގަން ގެންނަން ޖެހޭ މުދަލަށް ފައިސާ ދެއްކޭނެ ގޮތެއް ނެތިއްޖެ ހާލަތެއްގައި އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރުކުރާނެކަން މޫޑީސްއިން ފާހަގަކުރެއެވެ. 

ރާއްޖޭގެ ރޭޓިންގ މިހާރު ހުރީ ބީ-2 ގައެވެ. މާލީ ގޮތުން ޙާލަތު ދަށްވިނަމަވެސް، މަޝްރޫޢުތަކާއިއެކު އިޤްތިޞާދަށް، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން އަންނާނެކަމަށް ބެލެވޭތީ ބީ-2 އަށްވުރެ ރޭޓިންގ ދަށްނުކުރަން މޫޑީސްއިން ނިންމީއެވެ. 

ރާއްޖޭގެ ދަރަނީގެ މައްސަލަ ބޮޑުވެ، އިތުރަށް ދަރަނި ނެގުމުގެ ޤާބިލްކަން ދަށްވަމުންދާއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ގެންދަނީ މެދުނުކެނޑި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޚާއްސަކޮށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)އާއި ވާރލްޑް ބޭންކުން ރާއްޖޭގެ މައްސަލައިގައި މެދުނުކެނޑި ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ރާއްޖޭގެ ދަރަނި ދެއްކުމުގެ ޤާބިލްކަން ފަހަނައަޅައި ގޮސްފިކަމުގެ އިންޒާރު ދިން ނަމަވެސް ޢަރަބި ޤައުމުތަކާއި ޗައިނާއިން ރާއްޖެއަށް ދަނީ މެދުނުކެނޑި ލޯނުތައް ދެމުންނެވެ. އަދި މިލޯނުތައް ނުދެއްކޭނެކަމުގެ ބިރު ބޮޑުވެފައިވާއިރު، ރާއްޖޭ ސިޔާދަތީ ދަރަންޏާއި ދިމާއަށް މިސްރާބު ޖަހާފައިވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އަދި ލޯނުތައް ނުދެއްކިއްޖެނަމަ ޗައިނާއަށް ރާއްޖޭގެ ހަރުމުދާ ވިއްކަން ޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
26 ޖުލައި 2018 | ބުރާސްފަތި 03:13
ޝުޖާ
ތިވީގޮތުން ޔާމީން 2018 ގައި ވެރިއަކަށް ބަހައްޓަން ތިޖެހުނީ. އޭރުންތާ އޭނަގެވެރިކަމުގަ ދަރަނިތައް ދައްކާނީ. އެހެންބަޔަކު އައިއްސިއްޔާ ގޮވާނެ ތިމަންނާ މެނަށް ދަރަނިދައްކާފަ އެހެންކަމެއް ވާކައްނެތޭ.
25 ޖުލައި 2018 | ބުދަ 15:51
Zaviyani
Moya govanee. Ihakah dhuvahu oi raajjeyge iqthisaadh baarah kuriyah dhaakamah IMF in repeorteh nerefa. Dhen aijahaa