ކ. މާލެ
|
25 ޖުލައި 2018 | ބުދަ 16:40
ގުލިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންގމޭޓް ފައިސަލް ނަސީމް
ގުލިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންގމޭޓް ފައިސަލް ނަސީމް
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ކައުންސިލްތަކަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދޭނަން: ފައިސަލް
އިބޫ އާއި ފައިސަލް ވަނި މާލޭ ސިޓީ ކައުންސިލާއި ބައްދަލުކުރައްވާފައި
ކައުންސިލް މެމްބަރުންނާއި މަޖިލީހުންގެ ބައެއް މެމްބަރުން ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވިކަން ފާހަގަކޮށްލެވޭ
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކައުންސިލްތަކަށް ލިބެންޖެހޭ ބާރުވެރިކަންދޭނެ ކަމަށް އިބޫ ވިދާޅުވި

ލާމަރުކަޒީ ނިޒާމްގެ ދަށުން ކައުންސިލްތަކަށް ލިބެންޖެހޭ ބާރުތަށް އަނބުރާ ހޯދަދީ ކައުންސިލްތަކަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރަނިންގމޭޓް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާންގެ ރަނިންގމޭޓް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް މާލޭ ސިޓީ ކައުންސިލާއި ބުދަ ދުވަހު ބައްދަލުކުރެއްވުށްފަހު، ފައިސަލް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ތައާރަފް ވެގެން އައިރު، ކައުންސިލްތަކަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރުތަށް އަލުން އިޔާދަކޮށްދެއްވާނެ ކަމަށެވެ. އެއާއެކު، ކައުންސިލްތަކަށް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަން ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފި، ލާމަރުކަޒީ ނިޒާމްގެ ތެރޭގައި ސިޓީ ކައުންސިލްތަކާއި އަދި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ ބާރުތަށް ނަގާ އިދަޖައްސާފައި އޮތުމުގެ ސަބަބުން ރައްޔިތުންނަން ލިބެމުންދާ ގެއްލުންތަށް" ފައިސަލް ވިދާޅުވިއެވެ.

މި ބައްދަލުވުމަށް ފަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކެއްގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކައުންސިލްތަކަށް ލިބެންޖެހޭ ހުރިހާ ބާރުވެރިކަމެއް ހޯދަދޭނެ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލާއި އިބޫ ބައްދަލުކުރެއްވީ ކުރީގެ މާފަންނު އަވަށު އޮފީހުގައި ހުންނަން ސިޓީކައުންސިލް ގެ އިދާރާގައެވެ. މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ހުރީ މެމްބަރުން ބައިވެރިވަޑައިގެންނެވިއިރު، މާލޭ އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް