ކ. މާލެ
|
25 ޖުލައި 2018 | ބުދަ 22:52
ދިވެހި ބޭސްވެރިކަމުގެ ކޯހެއްގެ ބައިވެރިޔަކަށް މުހައްމަދު މަނިކު (މ) ހަނދާނީ ލިޔުން ދެއްވަނީ
ދިވެހި ބޭސްވެރިކަމުގެ ކޯހެއްގެ ބައިވެރިޔަކަށް މުހައްމަދު މަނިކު (މ) ހަނދާނީ ލިޔުން ދެއްވަނީ
ގޫގުލް
މުހައްމަދު މަނިކު
މަޝްހޫރު ދިވެހި ބޭސްވެރިޔާ މާވާ މުހައްވަދު މަނިކު އަވަހާރަވެއްޖެ
މޫނު ދެއްކުން މިއަދު ހަވީރު 4:00 - 6:00 އަށް
ކަށުނަމާދު އޮންނާނީ އިޝާނަމާދަށްފަހު

މަޝްހޫރު ދިވެހި ބޭސްވެރިޔާ ގ. ކަޝްމީރުގޭ މުހައްމަދު މަނިކު (މާވާ މުހައްމަދު މަނިކު) މިއަދު އަވަހާރަވެއްޖެ އެވެ. 

ދިވެހި ބޭސްވެރިކަމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އުމުރުން 85 އަހަރުގެ މުހައްމަދު މަނިކު އަވަހާރަވީ ހިތްޕުޅުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި ފަރުވާ ކުރައްވަމުން ގެންދަވަނިކޮށް ބުދަ ދުވަހުގެ ވަގުތެއްގައި ކަމަށް އާއިލާއިން ބުނެ އެވެ.

އެމްއެމްއެމް ކްލިނިކްގެ ނަމުގައި ކްލިނިކެއް އުފައްދަަވައި، އެތައް ބައްޔަކަށް ދިވެހި ބޭސް އީޖާދުކުރެއްވި މުހައްމަދު މަނިކު ވަނީ ގިނަ ބަޔަކަށް ދިވެހި ބޭސްވެރިކަން ވެސް ދަސްކޮށްދެއްވައިފަ އެވެ. 

މުހައްމަދު މަނިކުގެ މޫނު ދެއްކުން އޮންނާނީ ބުދަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އާސަހަރާގައެވެ. ކަށުނަމާދު އޮންނާނީ ބުދަ ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. 

މުހައްމަދު މަނިކުގެ ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އާއިލާއިން އެދެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް