ކ. މާލެ
|
25 ޖުލައި 2018 | ބުދަ 17:32
އިބޫ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ފައިސަލް މަރުޙަބާ ދަންނަ ވަނީ
އިބޫ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ފައިސަލް މަރުޙަބާ ދަންނަ ވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
ވެރިކަމުގެ ފުރަތަމަ ދުވަހު ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބެންޖެހޭ ބާރުވެރިކަން ހޯދަދޭނަން: އިބޫ
ރައީސް ޔާމީނުގެ ސަރުކާރުން ސިޓީ ކައުންސިލަށް އެކި ކަހަލަ ދަތިތަށް ކުރިމަތިކުރުވާ
އަންނަ ހަތްތާގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ހާމަކުރާނެކަމަށް ވިދާޅުވި
ލާމަރުކަޒީ ނިޒާމްގެ ބޭނުމަކީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުން

ވެރިކަމުގެ ފުރަތަމަ ދުވަހު ލާމަރުކަޒީ ނިޒާމުން ކައުންސިލްތަކަށް ލިބެންޖެހޭ ބާރުވެރިކަން ހޯދައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މާލެ ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިނަން މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ލާމަރުކަޒީ ނިޒާމް ތަޢާރަފްވެގެން ދިޔައީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގެ ގޮތުން ކަމަށެވެ. އެމްޑީޕީ ވެސް ހިމެނޭގޮތަށް އުފެދިގެން އަންނަ ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމެގައި ލާމަރުކަޒީ ނިޒާމަށް ޖާގަ އޮންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"މިއަދު ސިޓީ ކައުންސިލްގެ އޮފީހަށް ހާޒިރުވުމުން އަޅުގަނޑުމެންނަން ފެނިގެންދިޔައީ ހަމައެކަނި ނަންބޯޑެއް ހުރިތަން، އަޅުގަނޑަށް އިނގިފައި އޮތް ގޮތުން މިއީ 11000 އަށްވުރެ ގިނަ މުވައްޒިފުންނާއި އެކީގައި މަސައްކަތް ކުރަމުން އައި ތަނެން، މިއަދު ގާތް ގަނޑަކަށް ފަންސާސް ވެސް ހަމަ ނުވޭ. ބަޖެޓަށް ބަލާއިރު ވެސް މުޅި އަހަރަށް މި އޮންނާނީ ހަތް ހާސް ރުފިޔާ މުސާރަ ދީފަ ބަކީ، އެހެންކަންތައްތައް ކުރަން." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ "ރައީސް ޔާމީނުގެ އަނިޔާވެރި ސަރުކާރުން" އެކި ކަހަލަ ދަތިތައް ކުރިމަތިކުރުވާ ކަމަށެވެ. ސިޓީ ކައުންސިލާއި ބައްދަލުކުރެއްވުމުން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރެއްވުމަށް ގެންނަންވީ ބަދަލުތަކާއި ކުރައްވަންވީ ކަންކަން ސާފުވެގެން ހިނގައްޖެ ކަމަށެވެ.

އިބޫ އާއި ފައިސަލް މާލޭ ސިޓީ ކައުންސިލާއި ބައްދަލުކުރައްވަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

 

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއް ފެށޭ ދުވަހުން ފެށިގެން، ލާމަރުކަޒީ ނިޒާމުން ލިބިދޭންޖެހޭ ބާރުތަކާއި ފައިސާގެ މާލީ އެހީތެރިކަން ބަޖެޓުގެ ތެރެއިން ލިބިގެންދާނެ" އިބޫ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯ ފައިނަލް ވެގެންދާނެ ކަމަށާއި، އެ މެނިފެސްޓޯ ފައިނަލް ކުރައްވާއިރު އެފަދަ ބައްދަލުވުންތަކުން އެއްކުރާ މައުލޫމާތުތަކުގެ ބޭނުން ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރައްވާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ ކޮންމެ ވޯޓަކީ ވެސް މުހިންމު ވޯޓެއް ކަމަށާއި އެހެންކަމުން ގައުމު އިސްލާހުކުރެއްވުމަށް ޕާޓީތަކުން ކުރައްވާ މަސައްކަތުގައި އެހެންމެހައި ރައްޔިތުން ބައިވެރި ވުން މުހިންމުކަމަށެވެ. ރައީސް ޔާމީނުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދާ ރީ ރަޖިސްޓްރޭޝަންގެ ކަންކަން އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށާއި އެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން ބައިވެރިވުމަށް އިބޫ އިލްތިމާސް ކުރެއްވިއެވެ.

މި ބައްދަލުވުމުގައި އިބޫގެ ރަނިންގމޭޓް ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައިސަލް ނަސީމް ވެސް ބައިވެރިވަޑައިގެންނެވިއެވެ. 

 
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް