ކ. މާލެ
|
25 ޖުލައި 2018 | ބުދަ 17:12
މުހައްމަދު ޖަމީލު އަހުމަދު (ކ) އަދި އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޖަމީލު އަހުމަދު (ކ) އަދި އިބްރާހިމް މުހައްމަދު ސޯލިހު
ޓްވިޓަރ
މުހައްމަދު ޖަމީލު އަހުމަދު
ސަރުކާރުން ލޫޓުވާފައިވާ މުދާތައް ހޯދޭނީ އިބޫއަށް: ޖަމީލު
ރާއްޖެ އަނބުރާ ހޯދުމަށް އިބޫއަށް ވޯޓު ދިނުމަށް ޖަމީލު ގޮވާލެއްވި
ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައި

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ މުދާތައް ވަނީ ލަދެއް ނެތި ލޫޓުވާފައި ކަމަށާއި އެކަންތައްތަކަށް އިންސާފު ހޯދޭނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހުއަށް (އިބޫ) ކަމަށް މިސަރުކާރުގެ އިންތިޚާބީ ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޖަމީލު ބުދަ ދުވަހު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ  މިސަރުކާރުން ވަގަށް ނަގާފައިވާ އެތައް މިލިއަން ރުފިޔާއެއް އަނބުރާ ހޯދައިދިނުމަށް އިބޫއަށް ވޯޓުދޭން ޖެހޭ ކަމަށެވެ. އަދި އިބޫއަކީ އިތުބާރު ކުރެވޭ ލީޑަރެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖެ އަނބުރާ ހޯދުމަށް އިބޫއަށް ވޯޓު ދިނުމަށް ޖަމީލު ގޮވާލެއްވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫއާ އެކު ރިޔާސީ އިންތިހާބުގައި ނުކުންނަ ރަނިންމޭޓަކީ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް