ކ. މާލެ
|
25 ޖުލައި 2018 | ބުދަ 17:43
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމް
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމް
ސިވިލް ސާވިރސް ކޮމިޝަން
ސިވިލް ސަރވިސް ކޮމިޝަން
ކޮމިޝަނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ނު ފެތުރުމަށް ގޮވާލަން: ސީއެސްސީ
ސިވިލް ސަރވިސްގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ މިންގަނޑު ކަނޑައަޅާފައިވޭ
މުވައްޒަފުންގެ އަމަލުތައް އެ މިންގަނޑުތަކާ އެއްގޮތަށް ބެހެއްޓުމަށް ބާރު އަޅާނަން

 

ރިޔާސީ އިންތިހާބުގައި ވޯޓް ރީ ރަޖިސްޓްރީ ކުރުމުގެ ކަންތަކާ ގުޅިގެން ސިވިލް ސަރވިސް ކޮމިޝަނާއި ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ނުދެއްކުމަށް އެކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މުވައްޒަފުންނާއި ސިވިލް ސަރވިސް ކޮމިޝަން ބަދުނާމުވާ ގޮތަށް މީޑިއާތަކުގައި ހަގީގަތާ ހިލާފު އަސާސެއް ނެތް ވާހަކަތައް ދައްކަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކޮމިޝަނުން ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކަށް އަންގާފައިނުވާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. ރިޔާސީ އިންތިހާބުގެ ވޯޓުލުމަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީކުރުމުގެ މަސައްކަތް ސިވިލް ސަރވިސްގެ މުވައްޒަފުން ގާނޫނާއި ގަވައިދާ ހިލާފަށް ކުރާކަމުގެ އެއްވެސް މައްސަލައެއް އެކޮމިޝަނަށް ހުށަހަޅާފައެއް ނުވެއެވެ. ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރާ ނަމަ އެ ފަދަ މައްސަލައެއް އެކޮމިޝަނަށް ލިޔުމުން ހުށަހެޅުމުން އެ މައްސަލައެއް ކޮމިޝަނުން ބަލައި ގަވައިދުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ގާނޫނު އަސާސީގެ 180 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ކޮމިޝަން އެކުލެވިގެން ވާނީ ފަސް މެންބަރުންގެ މައްޗަށެވެ. ގާނޫނުއަސާސީގެ 185 ވަނަ މާއްދާގައި ކޮމިޝަނުން ކަމެއް ނިންމާނީ ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުން ކަމުގައި ބަޔާންވެގެންވެއެވެ. ކޮމިޝަނުގެ ނިންމުންތަކަކީ ވަކި މެންބަރަކު ނުފޫޒު ފޯރުވައިގެން ނިންމާ ނިންމުންތަކެއް ނޫން ކަމުގައި އެކޮމިޝަނުން ވަނީ ބުނެފައެވެ.

 ސިވިލް ސަރވިސްގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ މިންގަނޑު ކަނޑައަޅާފައިވެއެވެ. އަދި ސިވިލް ސަރވިސްގެ ގަވައިދާއި ކޯޑު އޮފް ކޮންޑަކްޓްގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ އަމަލުތައް ބަހައްޓަންވީ ގޮތުގެ މިންގަނޑުތައް ކަނޑައަޅައިފައިވެއެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ އަމަލުތައް އެ މިންގަނޑުތަކާ އެއްގޮތަށް ބެހެއްޓުމަށް ބާރު އެޅުމަށް ސިވިލް ސަރވިސްގެ އިދާރާތަކަށް އިލްތިމާސް ކުރާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

 ސިވިލް ސަރވިސް ކޮމިޝަނުން މިގޮތަށް ހާމަކޮށްފައިވާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އެކޮމިޝަނުން އިސްވެ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ރީ ރަޖިސްޓްރީ ކުރުމަށް ބާރު އަޅަމުންދާ ކަމަށް ހާމަކޮށްފައެވެ. މީގެ އިތުރުން ސޯޝަލް މީޑީއާގައި ވެސް ބައެއް އޮފީސްތަކުގެ އިސްވެރިން އެ އޮފީސްތަކުގެ މުވައްޒަފުންނަށް އޮފީހުގައި ރީ ރަޖިސްޓްރީކުރުމުގެ ކަންކަމަށް ބާރު އަޅާފައިވާ މެސެޖުތައް ވެސް ވަނީ އާންމުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް