ކ. މާލެ
|
25 ޖުލައި 2018 | ބުދަ 12:52
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އަލީ ނަޝާތު އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އަލީ ނަޝާތު އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
އިލެކްޝަންސް ކަމިޝަން
އިލެކްޝަންސް ކޮމިޝަނަށް ނަޝާތު އައްޔަން ކުރައްވައިފި
ނަޝާތަކީ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރެއް
އީސީގެ މެމްބަރުކަމުން ޝަކީލު އިސްތިއުފާ ދެއްވީ މިދިއަ މެއި މަހުގެ 09 ވަނަ ދުވަހު
ޝަކީލު އިސްތިއުފާ ދެއްވި ދުވަހު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަކަށް ވަނީ އައްޔަން ކުރައްވާފަ

އިލެކްޝަންސް ކޮމިޝަނުގައި ހުސްވެފައިވާ މެންބަރު ކަމަށް އއ. ފެރިދޫ ހާލި، އަލީ ނަޝާތު އައްޔަން ކުރައްވައިފި އެވެ. 

މެންބަރު ކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، އަލީ ނަޝާތާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި ބުދަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އަލީ ނަޝާތު އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 

ރައީސް އޮފީހުން މިމަހުގެ 14 ދުވަހު ކުރި އިއުލާނެއްގައި ވަނީ، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. އެ އިއުލާނާ ގުޅިގެން ކުރިމަތި ލެއްވި ފަރާތްތަކުގެ ތެރެއިން އެކޮމިޝަނަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޔާމީން ފޮނުއްވީ ނަޝާތުގެ ނަމެވެ. 

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމަށް ނަޝާތު އައްޔަން ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުން ނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންފައި ވަނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަންޏެވެ. 

މީގެ އެއް އަހަރު ކުރިން ފެށިގެން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ. އެއީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި ވަނިކޮށް، އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމެއް ނެތި ޖަލްސާތައް ކުރިއަށް ގެންދާތީ އެވެ.

އަލީ ނަޝާތަކީ އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލިޖީގެ މަގާމު އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އަލީ ނަޝާތު އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން 

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައި ވަނީ މީގެކުރިން އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ޝަކީލު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އެކޮމިޝަނުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މެއި މަހުގެ 09 ވަނަ ދުވަހު އެވެ. އެ ކޮމިޝަނުގެ މެމްބަރުކަމުން ޝަކީލު އިސްތިއުފާ ދެއްވުމުން، ހަމަ އެދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަައްޔަން ކުރައްވައިފައެވެ.

އޭގެފަހުން ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ޝަކީލު ބައިވެރި ވަމުން ދާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމު ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް