ކ. މާލެ
|
25 ޖުލައި 2018 | ބުދަ 00:19
ސީރިއާގައި މަރާލި ކަމަށް ބުނާ ވ. މެޑަލްޖެހިގެ އަޙްމަދު ޒުބޭރު
ސީރިއާގައި މަރާލި ކަމަށް ބުނާ ވ. މެޑަލްޖެހިގެ އަޙްމަދު ޒުބޭރު
އާމިނަތު ނުޒުހާ
ސީރިއާގައި ދިވެއްސަކު މަރާލުން
ސިރިއާގައި މަރާލި ޒުބޭރު އެގައުމަށް ދިޔައީ އަނބިދަރިން ވެސް ގޮވައިގެން!
ޒުބޭރަކީ ދީނީ ހަރުކަށި ފިކުރުތައް ފަތުރަން މަސައްކަތްކޮށްފައިވާކަމުގެ ރެކޯޑް އޮންނަ މީހެއް

ސީރިއާގައި ބޯ ކަނޑާލައިގެން މަރާލި ކަމަށް ބުނާ ޒުބޭރު، ސީރިއާއަށް ދިޔައިރު އަނބިމީހާ އާއި ދެ ދަރިން ވެސް ގެންދިޔަ ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ހާމަކޮށްފިއެވެ.

ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ބޯބުރިކޮށްލައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ކަމަށް ބުނެ އަންގާރަ ދުވަހު ރާއްޖޭގެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ އަޙްމަދު ޒުބޭރު ވ.މެޑަލްޖެހިގެއަކީ ދީނީ ހަރުކަށި ފިކުރުތަކަށް ތަބާވެ، އެފަދަ ފިކުރުތައް ފަތުރަން މަސައްކަތް ކޮށްފައިވާކަމުގެ ރެކޯޑް އޮންނަ މީހެއް ކަމުގައި ވެސް އެ ސެންޓަރުން ބުންޏެވެ. އަދި އޭނާއަކީ ބޭރުގެ ޖަމާޢަތްތަކާ ގުޅިގެން، ސީރިޔާގައި ހިންގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދަތުރުކޮށްފައިވާ ދިވެހިންގެ ލިސްޓްގައި ހިމެނޭ ފަރާތެކެވެ. އަދި އޭނާއާ އެކު އޭނާގެ ދެ ދަރިންނާއި އަންހެނުން ގެންގޮސްފައިވާކަން އެ ސެންޓަރުން ފާހަގަކުރެއެވެ.

އޭނާގެ މަރާ  ބެހޭ ގޮތުން ލިބިފައިވާ މަޢުލޫމާތުތަކުގެ ޞައްޙަކަން ކަށަވަރުކުރުމާއި، އޭނާއާ މެދު ކަންތައްތައް ހިނގާފައިވާ ގޮތް ފުރިހަމައަށް ދެނެގަތުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން މަސައްކަތްކުރަމުން ގެންދާ ކަމަށް ވެސް އެ ސެންޓަރުން މައުލޫމާތުދެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
25 ޖުލައި 2018 | ބުދަ 08:15
ސަރީ
ހެހެހެހެހ ކައުންޓަރ ޓެރަރިޒަމްއޭ. ވާނުވާއެއްނޭނގޭ ކައުންޓަރެއްތީ...