ކ. މާލެ
|
23 ޖެނުއަރީ 2017 | ހޯމަ 19:29
ކަނޑުއަޑީގެ ރެސްޓޯރެންޓުގައި ބޭއްވި ޓީއެމްއޭގެ ބޯޑް ޑިރެޖްޓަރުންގެ ބައްދަލުވުން
ކަނޑުއަޑީގެ ރެސްޓޯރެންޓުގައި ބޭއްވި ޓީއެމްއޭގެ ބޯޑް ޑިރެޖްޓަރުންގެ ބައްދަލުވުން
ގޫގުލް
ޓީއެމްއޭ
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓް
ޓީއެމްއޭ އިން ބުނަނީ ބައްދަލުވުން ވަރަށް ތަފާތު ކަމަށް

ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުުވުމެއް ކަނޑު އަޑީގައި ބާއްވައިފި އެވެ.

 

އެ ބައްދަލުވުން ބާއްވާފައިވަނީ، ޅ. ހުރަވަޅި އައިލެންޑް ރިސޯޓުގައި ހުޅުވާފައިވާ ކަނޑު އަޑީގެ ރެސްޓޯރެންޓްގަ އެވެ.

 

"5.8 އަންޑާސީ ރެސްޓޯރެންޓް" ގެ ނަން ދީފައިވާ އެ ރެސްޓޯރެންޓަކީ ކަނޑު އަޑީގައި ހުޅުވާފައިވާ އެންމެ ބޮޑު ރެސްޓޯރެންޓެވެ. އެ ރެސްޓޯރެންޓަށް "5.8 އަންޑާސީ ރެސްޓޯރެންޓް" ގެ ނަން ދީފައިވަނީ 5.8 މީޓަރު އަޑީގައި އެ ރެސްޓޯރެންޓް ހުޅުވާފައިވާތީ އެވެ.

 

މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ޚިދުމަތްދޭ ޓީއެމްއޭގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ހުރަވަޅި ރިސޯޓުގެ ފަރުގެ ރީތިކަމާއެކު ދުވަހަކުވެސް ބޭއްވިފައިނުވާ ފަދަ ބޯޑް ބައްދަލުވުމެއްގައި އެކުންފުނީގެ ޑިރެކްޓަރުންނަށް ބައިވެރިވެވިފައިވާ ކަމަށެވެ.

 

ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓު ހުރަވަޅީގައި ހުޅުވާފައިވާ އިރު، ދުނިޔޭގައި އެންމެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓެއް ހުޅުވީ އދ. ކޮންރެޑް މޯލްޑިވްސްގަ އެވެ.

- ކޮމެންޓް