ކ. މާލެ
|
25 ޖުލައި 2018 | ބުދަ 08:54
ފުލުހުން ހިންގަމުންދާ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން
ފުލުހުން ހިންގަމުންދާ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން
ޕޮލިސް
ފުލުހުންގެ ތަމްރީން
ށ. އަތޮޅާއި ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ރިފްރެޝަރ ޕްރޮގްރާމެއް ފަށައިފި
އެ ޕްރޮގްރާމް ފަށާފައި ވަނީ ޖުލައި މަހު 21 ގައި
ރިޔާސީ އިންތިހާބް ބާއްވަން ދެ މަސްވެއްޖެ
ހަތިޔާރު ބޭނުން ކުރާނެ ގޮތް އެ ޕްރޮގްރާމްގައި ކިޔައިދޭނެ

ފުލުހުންނަށް އަމާޒުކޮށްގެން ޕޮލިސް އެކަޑަމީން ކުރިއަށް ގެންދާ ޔޫސް އޮފް ފޯރސް ރިފްރެޝަރ ޕްރޮގްރާމް ށ. އަތޮޅާއި ގދ. އަތޮޅުގައި ފަށައިފިއެވެ.

ށ. އަތޮޅާއި ގދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ޖުލައި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި، ފުލުހުންނަށް ލިބިދީފައިވާ ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާއި ބެހޭ ޤަވާއިދާއި ހަތިޔާރު ގެންގުޅުމާއި، ބޭނުންކުރުމާއި ގުޅޭ ޤަވާއިދާއި އަދި ޖިނާއީ ޢިޖުރާއަތުގެ ޤާނޫނާއި ގުޅޭ ގޮތުން ފުލުހުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.

އަދި މީގެއިތުރުން ފުލުހުން ބޭނުން ކުރާ ލެސް ލީތަލް އަދި ލީތަލް ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބިޑި އާއި މުގުރުގެ އިތުރުން ޕެޕަރ ސްޕްރޭ ބޭނުން ކުރާނެ ގޮތްތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ޢަމަލު ކުރާނެ ގޮތްތަކާއި އުކުޅުތައް ދަސްކޮށްދީ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ފުލުހުން އެ ތަމްރީނުތައް ފަށާފައިވާއިރު ރިޔާސީ އިންތިޚާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގެ 23 ގައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް