ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 21:41
ބަނގުރާ ފުޅިތަކެއް: މިތަކެތި އުފުލާ ތަކެތީގައި ޓްރެކިން ޑިވައިސްއެއް ހަރުކުރުމުގެ މަސައްކަތް ކަސްޓަމްސް އިން ދަނީ ކުރަމުން
ބަނގުރާ ފުޅިތަކެއް: މިތަކެތި އުފުލާ ތަކެތީގައި ޓްރެކިން ޑިވައިސްއެއް ހަރުކުރުމުގެ މަސައްކަތް ކަސްޓަމްސް އިން ދަނީ ކުރަމުން
ޓްވިޓަރ
ރަލާއި އޫރުމަސް
ރަލާއި އޫރުމަސް އުފުލާ ތަކެތީގައި ޓްރެކިން ޑިވައިސްއެއް ހަރުކުރަނީ
އެ އުޅަނދެއް ދާން ޖެހޭ ދިމާ ނޫން އެހެން ދިމާއަކަށް ދާ ނަމަ އެނގިގެން ދާނެ
ބަނގުރަލާއި އޫރުމަސް ލޯޑުކުރާ ހިސާބުން ކަސްޓަމްސްގެ ކޮންޓްރޯލް ރޫމަށް އެނގޭނެ

ބަނގުރަލާއި އޫރުމަސް އެއް ތަނުން އަނެއް ތަނަށް އުފުލާ ތަކެތީގައި އެކަން އެންގުމުގެ ގޮތުން ޓްރެކް ކުރެވޭނެ ޑިވައިސްއެއް ހަރުކުރުމަށް ނިންމާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދު ވިދާޅުވީ ޓްރެކިން ޑިވައިސް ހަރުކޮށްފައި ހުންނައިރު ބަނގުރަލާއި އޫރުމަސް ލޯޑުކުރާ ހިސާބުން ކަސްޓަމްސްގެ ކޮންޓްރޯލް ރޫމަށް ސެޓްލައިޓް މެދުވެރިކޮށް އެނގޭނެ ކަމަށެވެ. އެހެން ކަމުން ސެޓްލައިޓް މެދުވެރިކޮށް ޓްރެކް ކުރެވޭނެ ކުޑަ ޓްރެކިން ޑިވައިސްއެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑިވައިސްތައް ހަރުކޮށްފައި ހުންނައިރު އެއާޕޯޓުގެ ބޮންޑެޑް ވެއާހައުސް އިން ބަނގުރާ ލޯޑުކޮށްގެން އަންނައިރު މިސާލަކަށް އެރިސޯޓުގެ ނަން އަޅުގަނޑުމެންނަށް އެނގޭނެ. މިސާލަކަށް އެ ރިސޯޓު ނޫން އެހެން ރިސޯޓަކަށް މިސްރާބު ޖަހައިފިއްޔާ އަޅުގަނޑުމެންނަށް އެނގޭނެ. އެމަސައްކަތް ކުރެވެމުންދަނީ،" ޖުނައިދު ވިދާޅުވިއެވެ.

މިގޮތަށް ޓްރެކިން ޑިވައިސްއެއް ހަރުކުރުމުން އެ އުޅަނދެއް ދާން ޖެހޭ ދިމާނޫން އެހެން ދިމާލަކަށް ދާ ނަމަ އެނގިގެން ދާނެ ކަމަށް ޖުނައިދު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ ބަނގުރައާއި އޫރުމަސް ހުއްދަ ނޫން އެކި ދިމަދިމާއަށް ދިއުމުގެ ފުރުސަތު ކުޑަވެގެން ދާނެ ކަމަށާއި އެކަން ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލް ކުރެވިގެންދާނެ ކަމަށް ޖުނައިދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް