ކ. މާލެ
|
25 ޖުލައި 2018 | ބުދަ 08:17
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރައްވަން ފޮނުއްވާފައިވާ އަލީ ނަޝާތު
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރައްވަން ފޮނުއްވާފައިވާ އަލީ ނަޝާތު
ފޭސްބުކް
ރައްޔިތުންގެ މަޖިލިސް
އިލެކްޝަންސް ކޮމިޝަނަށް ނަޝާތު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި
ފާސްކުރީ 32 މެމްބަރުންގެ ވޯޓުން

އިލެކްޝަންސް ކޮމިޝަނުގައި ހުސްވެފައިވާ މެންބަރު ކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އއ. ފެރިދޫ ހާލި، އަލީ ނަޝާޠު އެމަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމަށް ނަޝާތު އައްޔަން ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުން ނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންފައި ވަނީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެކަންޏެވެ. 

މީގެ އެއް އަހަރު ކުރިން ފެށިގެން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަމުން ނެވެ. އެއީ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި އިންނެވި އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައި ވަނިކޮށް، އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމެއްނެތި ޖަލްސާތައް ކުރިއަށް ގެންދާތީ އެވެ.

އަލީ ނަޝާތަކީ އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލިޖީގެ މަގާމު އަދާ ކުރައްވަމުން ގެންދާވާ ބޭފުޅެކެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައި ވަނީ މީގެކުރިން އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ޝަކީލު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އެކޮމިޝަނުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ މެއި މަހުގެ 09 ވަނަ ދުވަހު އެވެ. އެ ކޮމިޝަނުގެ މެމްބަރުކަމުން ޝަކީލު އިސްތިއުފާ ދެއްވުމުން، ހަމަ އެދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަައްޔަން ކުރައްވައިފައެވެ.

އޭގެފަހުން ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ޝަކީލު ބައިވެރި ވަމުން ދާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމު ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
24 ޖުލައި 2018 | އަންގާރަ 13:20
ހުނަސް
ބަލަތީ މައްސަލަޖެހިގެން އިލެކްސަން ކޮމިސަނުން....... ބުނާކަާށް ނެތިން