ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 15:44
އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއްގައި ބަލިމީހަކު އުފުލައިދެނީ
އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރެއްގައި ބަލިމީހަކު އުފުލައިދެނީ
އެމްއެންޑީއެފް
އިންޑިއާ ހެލިކޮޕްޓަރ
ދެ ހެލިކޮޕްޓަރ ގެންދިއުން މިއަހަރުގެ ނިޔަލަށް ރާއްޖެއިން އިތުރު ކޮށްފި
ޖޫން 30ގެ ކުރިން ހެލިކޮޕްޓަރތައް އަނބުރާ ގެންދަން ކުރިން އެންގި
އިންޑިއާ - ރާއްޖޭގެ ގުޅުން ވަނީ ގޯސްވެފައި

ރާއްޖެއަށް އިންޑިއާގެ ސަރުކާރުން ދީފައިވާ ދެ ހެލިކޮޕްޓަރ ގެންދިއުން މިއަހަރުގެ ނިޔަލަށް ރާއްޖެއިން އިތުރު ކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ހެލިކޮޕްޓަރތައް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުއްދަތުގެ ގޮތުގައި ދިވެހި ސަރުކާރުން މީގެ ކުރިން ދީފައިވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށެވެ. 

އިންޑިއާގެ ޑިޕްލޮމެޓުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ބުނެފައިވަނީ ދެ ހެލިކޮޕްޓަރާއި އިންޑިއާއިން ރާއްޖެއަށް އެކި ކަންކަމުގައި ފޮނުވާފައިވާ 48 މީހުން ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރު ކުރުމަށް ދެގައުމުން ވަނީ މިހާރު އެއްބަސްވުމަކަށް އައިސްފައިކަމަށެވެ. ދެ ހެލިކޮޕްޓަރ ބަލަހައްޓައި އޮޕަރޭޓް ކުރަން އިންޑިއާގެ ކަނޑުގެ ސިފައިންނާއި ކޯސްޓްގާޑްގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބެއެވެ. އެހެން ނަމަވެސް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ރާއްޖޭގެ ސަރުކާރުންވެސް އިންޑިއާގެ ސަރުކާރުންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ ދެ ހެލިކޮޕްޓަރަކީ އިންޑިއާގެ ކޯސްޓްގާޑްގެ ހެލިކޮޕްޓަރަކާއި ކަނޑުގެ ސިފައިންގެ ހެލިކޮޕްޓަރެކެވެ.

މީގެ ކުރިން އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ބޭނުން ވަނީ އެޑްވާންސް ލައިޓް ހެލިކޮޕްޓަރެއްގެ(އޭއެލްއެޗް) ބަދަލުގައި ޑޯނިއަރ މެރިޓައިމް ސަރވައަލެންސް އެއަރކްރާފްޓެއް ކަމަށެވެ. އޭއެލް ދެ ހެލިކޮޕްޓަރ ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައި ވަނީ 2013 ވަނަ އަހަރުގައެވެ. އިމަޖެންސީ ހާލަތްތަކުގައި މާލެއަށް ބަލިމީހުން އުފުލުމުގައި މިހާރު އެ ދެ ހެލިކޮޕްޓަރު އަންނަނީ ބޭނުން ކުރަމުންނެވެ. އަދި ކަނޑުގެ ހާދިސާތަކުގައި މީހުންނާއި އުޅަނދު ފަހަރު ހޯދުމުގައި މީގެ ކުރިން ވެސް އެ ދެ ހެލިކޮޕްޓަރުގެ ބޭނުން އެމްއެންޑީއެފުން ވަނީ ހިފާފައެވެ. ރާއްޖެއަށް ހަދިޔާކުރި މި ދެ ހެލިކޮޕްޓަރު ފޮނުވާލަން މަސައްކަތް ފެށީ އިންޑިއާގެ ވާދަވެރި ޗައިނާ އިން ދިވެހި ސަރުކާރަށް ޕްރެޝަރ ބޮޑުކުރުމާ ގުޅިގެން ކަމަށް އިންޑިއާގެ ސިޔާސީ ބޭފުޅުން ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް