ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 16:44
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް
މުހައްމަދު ފަޒީން
އަނާރާ ނައީމް
ގިނަ ދުވަސް ވަންދެން ޖަލަށް ލުމަކީ ދީން ތަރުހީބުދޭ ކަމެއް ނޫން: އަނާރާ ނައީމް
އަނާރާއަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮންނަ ކަނބަލެއް
ރާއްޖޭގައި ޖަލަށްލުން އާއްމު ކަމަކަށް ހަދާއިރު ކޮބައިތޯ ސަރުކާރަށް ތާއީދު ކުރާ ޝެއިހުން

އަދަބު ދިނުމުގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން މީހުން ޖަލަށް ލުމަކީ އިސްލާމްދީން ތަރުހީބުދޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން މީހުން ޖަލަށް ލަމުންދާ އިރު އަދި އެކަމަކީ އިސްލާމްދީން ތަރުހީބު ދޭ ކަމަކަށް ނުވާއިރު ސަރުކާރަށް ތާއީދު ކުރައްވާ ޝެއިޚުން އެކަމާ މެދު އެއްޗެއް ވިދާޅު ނުވަނީ ކީއްވެތޯ، ހޯމަ ދުވަހު އަނާރާ ކުރެއްވި ޓްވީޓެއްގައި ސުވާލުކުރައްވާފައި ވެއެވެ. އަދި ސަރުކާރަށް ސްޕޯޓްކުރާ ޝެއިޚުން ކޮބައިތޯ ވެސް އަނާރާ ސުވާލުކުރައްވާފައި ވެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން މީހުން ޖަލަށްލުމަކީ އިސްލާމް ދީން ތަރުހީބުދޭ ކަމެއް ނޫން ކަން އަދަބު ކަނޑައެޅިފައިވާ އުސޫލުތަކަށް ބެލުމުން އެނގޭ ކަމަށް އަނާރާ ވިދާޅުވިއެވެ.

 

މަކުނުދޫ ދާއިރާ ތަމްސީލު ކުރައްވާ އަނާރާއަކީ އަދާލަތު ތަމްސީލު ކުރައްވާ ހަމައެކަނި މެންބަރެވެ. އަނާރާއަކީ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އޮންނަ ބޭކަނބަލެކެވެ.

އަނާރާ މިގޮތަށް ޓްވީޓް ކުރެއްވި އިރު އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް