ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 09:24
ޒެންބިއާ ސަރުކާރުގެ ނޮން-ރެޒިޑެންޓް ސަފީރު، މަޤާމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ރައީސް އޮފީސް
ޒެންބިއާ ސަރުކާރުގެ ނޮން-ރެޒިޑެންޓް ސަފީރު، މަޤާމުގެ ފަތްކޮޅު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރާއްޖެއާއި ޒެންބިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފި
އިންސާނީ ވަސީލަތް ތަރައްގީ ކުރެއްވުމަށް މަޝްވަރާ ކުރެއްވި
އަންހެނުން ބާރުވެރި ކުރުވުމަށް މަޝްވަރާކުރި

ދިވެހިރާއްޖެއާއި ޒެންބިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ޒެންބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު، މިސިޒް ޖުޑިތް ކަންގޮމަ ކަޕިޖިމްޕަންގަ މަޝްވަރާ ކުރައްވައިފިއެވެ.

ދެގައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވީ ޒެންބިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރުކަމުގެ ފަތްކޮޅު، އެރުއްވުމަށް ރައީސް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުވުމުގައި ދެގައުމުގައި ހުރި އެއްގޮތް ކަންތައްތަކާއި އަދި ޚާއްސަ ގޮތެއްގައި ބައިނަލްއަގުވާމީ ރޮނގުން ފާހަގަކޮށްލެވޭ ކަންތައްތަކުގެ މައްޗަށް ރައީސް ޔާމިން ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.

އެގޮތުން އަންހެނުން ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށާއި، އެކި ރޮނގުތަކުން ދެގައުމުގެ ތަޖުރިބާތައް ޙިއްސާ ކުރެއްވުމާއި މެދު ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ރައީސް ޔާމިން އާއި ޒެންބިއާގެ ސަފީރުވަނީ ދެގައުމުގެ ދޭދޭ ގުޅުން ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އިތުރު ރޮނގުތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާއިމެދު ވާހަކަފުޅު ދައްކަވާފައިވެއެވެ. 

މި ބައްދަލުވުމުގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރެއްވުމާއި، އިންސާނީ ވަސީލަތް ތަރައްގީކުރެއްވުމަށް ކުރެވެންހުރި ކަންތައްތަކާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް