ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 08:16
އިލެކްޝަންސް ކޮމިޝަން: މިހާރު ވަނީ ގަވާއިދު ބަދަލުކޮށްފައި
އިލެކްޝަންސް ކޮމިޝަން: މިހާރު ވަނީ ގަވާއިދު ބަދަލުކޮށްފައި
ގޫގުލް
ރިޔާސީ ރޭސް 2018
ވޯޓަރސް ލިސްޓްގައި ފޮޓޯ ނުޖަހާ ގޮތައް ގަވައިދު ބަދަލުކޮށްފި
މިހާރު ލިސްޓްގައި ފޮޓޯއެއް ނުޖަހާނެ
ގަވާއިދު ބަދަލު ކުރީ ހޯމަ ދުވަހު
ފޮޓޯ ޖަހަންޖެހޭކަން އިލެކްޝަނަށް އެނގުނީ ރައްޔިތުން އެވާހަކަ ދައްކަން ފެށީމަ

މިއަހަރުގެ ސެޕްޓެމްބަރ 23 ގައި ބޭއްވުމަށް ނިންމާފައިވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރާ ވޯޓަރސް ލިސްޓުގައި ފޮޓޯ ޖަހާގޮތަށް ގަވާއިދު ގެޒެޓް ކުރުމަށްފަހު އެގަވާއިދަށް ބަދަލު ގެނެސް ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހާގޮތަށް ހަމަޖައްސައިފިއެވެ.

އެލިސްޓުގައި ފޮޓޯ ޖަހަން ޖެހޭކަމަށް ގަވާއިދުގައި ލިޔެ ގެޒެޓް ކުރެވިފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ރޭކާލީ ހޯމަ ދުވަހު ޢާއްމުންނާއި މީޑިޔާތަކުން އެވާހަކަ ދެއްކުމުންނެވެ. އަދި މީޑިޔާތަކުން އެވާހަކަ ދެއްކުމުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެއީ އޮޅުމަކުން ވީ ކަމެއްކަމަށާއި ގަވާއިދު އިސްލާހް ކުރާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެގަވާއިދު އަލުން ބަދަލުކޮށް "ރިޔާސީ އިންތިޚާބުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގޮތުން ގެޒެޓްކޮށްފައިވަނީވެސް ހޯމަ ދުވަހުއެވެ.

ރިޔާސީ އިންތިހާބުގެ ގަވާއިދަށް އިސްލާހު ގެނެސް ފައިވާގޮތުން އެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ) ވަނީ ބަދަލުކޮށްފައެވެ. އެ އަކުރުގައި ބުނެފައިވާގޮތުން ރިޔާސީ އިންތިހާބުގެ ވޯޓަރސް ލިސްޓްގައި ފޮޓޯ ނުޖަހާނެއެވެ.

ރިޔާސީ އިންތިހާބުގެ ގަވާއިދަށް އެއްވަނަ އިސްލާހު ގެނެސް ގެޒެޓްކޮށްފައިވާއިރު އެ ގަވާއިދުގެ 30 ވަނަ މާއްދާގެ (ށ)ގައި ބުނަނީ "ވޯޓުލާ ކޮންމެ މަރުކަޒެއްގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓެއް އޮންނަންވާނެ ކަމަށެވެ. މި ލިސްޓުގައި ހިމެނޭ މީހުންގެ ފުރިހަމަ ނަމާއި، ޖިންސާއި، އަތޮޅާއި، ރަށާއި، އެޑްރެހާއި، އުފަން ތާރީޚާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އެނގެން އޮންނަން ވާނެ ކަމުގައިވެސް ބުނެފައިވެއެވެ.

އެގަވާއިދުގައި ކުރިންއޮތީ އެހުރިހާ މައުލޫމާތެއްގެ އިތުރުން ފޮޓޯވެސް ޖަހާ ގޮތަށެވެ.

ގިނަބަޔަކު ބުނާގޮތުގައި ވޯޓަރސް ލިސްޓްގައި ފޮޓޯ ނުޖަހަނީ އޮޅުވާލުމަށާއި މަކަރު ހެދުމުގެ ގޮތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް