ވޭތިވެދިޔަ އަހަރުގެ ޘާނަވީ އިމްތިހާނުން ފާސްވި ކުދިންގެ އަދަދު 2015 ވަނަ އަހަރާއި އަޅާބަލާއިރު 15.4 ޕަސެންޓް އިތުރުވެފައި ވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ތަފާސް ހިތާބުތަކުން ދައްކައިފިއެވެ.
ސާނަވީ އިމްތިހާންގެ ވަގުތީ ނަތީޖާތަކުގެ މައްޗަށް ބަލާ ހޯމަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން މީޑިއާ އާއި ހިއްސާކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިމްތިހާންގައި ދަރިވަރުން ބައިވެރިވި މާއްދާތަކުން ފާސްވީ ނިސްބަތް 2015 އަހަރު ބަލާއިރު 63.6 ޕަސެންޓް ދަރިވަރުން 3 މާއްދާއިން ފާސްވި އިރު 2016 ވަނަ އަހަރު 79 އިން ޕަސެންޓް ދަރިވަރުން ވަނީ 3 މާއްދާއިން ފާސްވެފައެވެ.
2016 ވަނަ އަހަރު ސާނަވީ ނިންމާ އިމްތިހާންތަކުގެ ނަތީޖާއަށް ބަލާއިރު ސްޓްރީމް މާއްދާތަކުން ފާސްވި ނިސްބަތް އެވްރެޖް ގޮތެއްގައި 7 އިން ޕަސެންޓާއި 10 އިން ޕަސެންޓް ކުރިއެރުމެއް ވަނީ ހޯދިފައެވެ.
އިޚްތިޔާރީ މާއްދާތަކަށް ބަލާއިރު 2016 ވަނަ އަހަރު ފާސްވި ނިސްބަތްވަނީ އެވްރެޖްކޮށް 15 އިން ޕަސެންޓަށްވުރެ އިތުރު ވެފައެވެ.
ސްކޫލްތަކުގައި މަޖުބޫރު މާއްދާގެ ގޮތުގައި ކިޔަވއިދޭ އިސްލާމް، ދިވެހި، ހިސާބު އަދި އިނގިރޭސި މާއްދާއިން ފާސްވި ނިސްބަތް އިތުރުވެފައި ވާއިރު އިނގިރޭސި އަދި ހިސާބު މާއްދާއިން ވަނީ 2015 ވަނަ އަހަރާއި އަޅާބަލާއިރު 10 ޕަސެންޓް ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރު ޘާނަވީ ނިންމާ އިމްތިހާންތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން “A*” އަދި “A” ލިބުނު ދަރިވަރުން ވަނީ ފަސް ޕަސެންޓްގެ ކުރިއެރުމެއް ހޯދައި، ނަތީޖާގެ 17 ޕަސެންޓް ހިއްސާކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު ދަރިވަރުން ހޯދި ނަތީޖާއަށް ބަލާއިރު 22 ޕަސެންޓް “B” ގްރޭޑް ހޯދައި، ދެ ޕަސެންޓް އިތުރުވެފަ ކަމަށާއި، އަދި “C” ގްރޭޑް 36 ޕަސެންޓްގައި ހުރިއިރު މިއީ ނިސްބަތުން ތިން ޕަސެންޓްގެ އިތުރު ވުމެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ހަމައެއާއިއެކު “D” ގްރޭޑް އާއީ “E” ގްރޭޑް ވަނީ އެވްރެޖްކޮށް އެއް ޕަސެންޓަށް ދަށް ކުރެވިފަކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، “U” ގްރޭޑް ލިބިގެން ފެއިލް ވާ ނިސްބަތް 2015 ވަނަ އަހަރުގެ ނަތީޖާއަށްބަލާއިރު “U” ލިބިފައިވާނަމަވެސް، 2016 ވަނަ އަހަރު ވަނީ 4.6 ޕަސެންޓަށް ދަށްކުރެވިފަ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
2015 ވަނަ އަހަރު ޘާނަވީ ނިންމާ އިމްތިހާންގައި 5272 ދަރިވަރަކު ބައިވެރިވެފައިވާއިރު، 2016 ވަނަ އަހަރު ޘާނަވީ ނިންމާ އިމްތިހާނުގައި ބައިވެރިވެފައިވަނީ 5410 ދަރިވަރެކެވެ.