ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 09:54
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް
މުހައްމަދު ފަޒީން
ރިޔާސީ އިންތިޚާބް 2018
ރަންނިންމޭޓަކަށް ފައިސަލް އިންތިޚާބުވި ކަމުގެ ލިޔުމެއް ޖޭޕީން ދިނުމަކީ ބޭނުންތެރި ކަމެއް: ހަސަން ލަތީފް
އެޕާޓީން ރަސްމީ ލިއުމެއް ފައިސަލްއަށް ދެއްވުމަކީ ބޭނުންތެރި ކަމެއް
ރިޔާސީ ކެނޑިޑޭޓަކަށް ހޮވި ވަޑައިގަތުމުން އިބޫއަށް އެމްޑީޕީން ވަނީ ސިޓީއަކުން އެކަން ދަންނަވާފަ

ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހްގެ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ފައިސަލް ނަސީމު އިންތިޚާބުވެ ވަޑައިގަތުމާއި އެކު އެޕާޓީން ރަސްމީ ލިއުމެއް ފައިސަލްއަށް ދެއްވުމަކީ ބޭނުންތެރި ކަމެއް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ހަސަން ލަތީފް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިބްރާހިމް މުހައްމަދު ސާލިހް ހޮވި ވަޑައިގަތުމުން އެޕާޓީގެ ފަރާތުން އެމަނިކުފާނަށް ޓިކެޓް ހަވާލު ކުރެވުނު ސިޓީ އާއި އެކު ކުރެއްވި ޓްވީޓެއްގައެވެ.

ރަނިންގ މޭޓް ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ކުރިއަށް ގެންދިޔަ އިންތިހާބު، އަލުން ބާއްވައި ދިނުމަށް އެދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށައަޅާފައެވެ.

ރަނިންގ މޭޓް ކަނޑައެޅުމަށް މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އިންތިހާބު، ފައިސަލް ނަސީމް ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ފައިސަލާއި އެންމެ ގާތުން ވާދަކުރެއްވި އަލީ ހުސެއިނަށް 14 ވޯޓު ލިބިވަޑައިގެންނެވި އިރު ފައިސަލަށް ލިބިވަޑައިގަތީ 15 ވޯޓު އެވެ. އަދި އިންތިހާބުގައި ބާތިލް އެއް ވޯޓް ހިމެނޭ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފައި ވެއެވެ.

ސިވިލް ކޯޓަށް ހުށައަޅާފައިވާ އެ މައްސަލާގައި މޫސާ އަންވަރު އެދިފައިވަނީ ބާތިލް ވޯޓަކީ އަލީ ހުސެއިނަށް ލިބުނު ވޯޓެއް ކަމަށް ކަނޑައަޅައި، ފައިސަލާއި އަލީ ހުސެއިންނަށް އެއް އަދަދަކަށް ވޯޓު ލިބުމާ އެކު އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވައި ދިނުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް