ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 09:06
މެދުހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު އާލީ އާޒިމް
މެދުހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު އާލީ އާޒިމް
ރާއްޖެ އެމްވީ
ފަލަ ސުރުޚީ
ސެޕްޓްބަރު 23 ގައި އިންތިޚާބް ނުބާއްވައިފި ނަމަ ރާއްޖެ ދާނީ ވަރަށް ނުބައި މިސްރާބަކަށް: އާޒިމް
މި ސަރުކާރު ހިންގުމަށް ވަރަށް ބޮޑެތި ދަތި އުނދަގޫ ތަކެއް ކުރިމަތި ވެގެން ދާނެ
އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހި ރައްޔިތުންނަށް
އިންތިޚާބު ނުބާއްވާ މިސަރުކާރަކަށް ކުރިއަކަށް ނުދެވޭނެ

ރިޔާސީ އިންތިޚާބުގެ ވޯޓުލުން 23 ސެޕްޓެމްބަރުގައި ނުބާއްވައިފި ނަމަ މި ރާއްޖެ ދާނީ ވަރަށް ނުބައި މިސްރާބަކަށް ކަމަށް މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ " ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މި ތާރީހުގައި އިމްތިހާބު ނުބޭއްވިއްޖެ ނަމަ ބައިނަލް އަގްވާމީ ޖަމުއިއްޔާ ޖަމާއަތް ތަކުން މި ރާއްޖެ އާއި ދޭތެރޭގައި ދެކެމުން އަންނަ ގޮތް އިތުރަށް ގޯސްވެ ރައީސް ޔާމީނަށް މި ސަރުކާރު ހިންގުމަށް ވަރަށް ބޮޑެތި ދަތި އުނަދަގޫ ތަކެއް ކުރިމަތި ވެގެން ދާނެ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އަޅައިފިނަމަ އެކަމުގެ ގެއްލުން އެންމެ ފުރަތަމަވެސް ވެގެން ދާނީ ސަރުކަރުގެ އިސްވެރިންނަށް ނޫން ކަމަށާއި އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

"އީޔޫއިން މިވަނީ ރާއްޖެ އާއި ދެތެރޭގައި ވަރަށް ބޮޑެތި ހަރުކަށި ފިޔަވަޅު ތަކެއް އަޅަން  ނިންމާފަ. މިއީ ބައެއް ބޭފުޅުންނަށް ވަރަށް އާދައިގެ ކަމެއް ކަމަށް ފަހަރުގައި ވިޔަސް އެންމެ ކުރިން ހާލުގައި ޖެހޭނީ ދިވެހި ރައްޔިތުން. ރައީސް ޔާމީނެއް ނޫން". އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުންވެސް އަދި ސަރުކަރުން މަސައްކަތް ކުރަމުންދާނީ ޝައްކުތައް އުފައްދައިގެން އިންތިޚާބު ދިގު ދެންމޭނެ ކޮންމެވެސް ގޮތެއް ވޭތޯ ކަމަށާއި ނަމަވެސް 23 ސެޕްޓެމްބަރުގައި އިންތިޚާބު އޮންނާނެ ކަމުގެ ޔަގީން ކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހުދުމުތާރުކޮށް ކަންތައް ކުރިކަމުގައި ވިޔަސް އެބުނާ ތާރީހަށް މިދަނީ ތައްޔާރުވަމުން. އަދި 23 ސެޕްޓެމްބަރުގައި އިންތިޚާބު އޮންނާނެ ކަމުގެ ޔަގީންކަން އޮވެގެން މަސައްކަތް ކުރަމުން މިދަނީ" އާޒިމް ވިދާޅުވިއެވެ.

2013 އިން ފެށިގެން މިއަދާ ހަމައަށް އިންތިޚާބު ގެ ކަންކަން ހިނގަން ޖެހޭ ތަރީހުގައި ހިނގާފައިވާތަން ފެނިފައެއް ނުވެއެވެ.

މިހާރު މިހިނގަމުންދާ ރިޔާސީ ދައުރުވެސް ފެށިފައި ވަނީ ދައުރުފެށެން ޖެހޭތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.  އަދި 2017 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު ވެސް ވެރިކަން ކުރާ ޕާޓީއަށް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށްބުނެ ކޯޓު މެދުވެރިކޮށް އިންތިޚާބު ލަސްކުރިތަން ވަނީ ފެނިގެން ގޮސްފައެވެ.

އާޒިމް އިތުރަށް ވިދާޅުވީ  މި ސަރުކާރުން ހުރިހާ ކަމެއް ކުރަމުން ދަނީ ރައްޔިތުންގެ އުއްމީދާއި ރައްޔިތުންނަށް ލިބޭ ފުރުސަތުތައް ނަގާލައިގެން ކަމަށެވެ.އަދި  މި އީ ރައްޔިތުންނަށް ހެޔޮއެދޭ ރައްޔިތުންނަށް ކަންކަން ކޮށްދޭ ސަރުކާރެއް ނޫންކަމަށެވެ.އިދިކޮޅު ފަރާތްތަކުގެ  އަމަޒަކީ މި ސަރުކާރު ބަދަލު ކުރުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މި ސަރުކާރަށް އިތުރު އެއް ދައުރު ދެވޭކަށް ރައްޔިތުންނަށް ނެތް ކަމަށާއި މިއަދު ކައިގެން އުޅުނު ކަމުގައި ވިޔަސް އާދަޔާ ޚިލާފަށް ރައްޔިތުން ތިބީ ދަރަނި ވެރިވެފައި ކަމަށް އާޒިމް ވިދާޅުވިއެވެ.

ސެޕްޓޭމްބަރު 23 ގައި އިންތިޚާބު ނުބޭއްވުނު ކަމުގައި ވިޔަސް ދެން ޖެހިގެން އަންނަ މަހުގައި ނަމަވެސް އިންތިޚާބު ނުބާއްވާ މިސަރުކާރަށް ކުރިއަށް ނުދެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް