ކ. މާލެ
|
24 ޖުލައި 2018 | އަންގާރަ 08:37
ޝެއިޚް އިލްުޔާސް ހުސައިން
ޝެއިޚް އިލްުޔާސް ހުސައިން
ގޫގުލް
ޝެއިޚް އިލްޔާސް
މިއަދު ކުރެވެމުންދާ ދީނާ ހިލާފު ކަންކަމަށް ލާދިނީ ކަންކަމޭ ނުބުނެވެންޖެހޭ އެއްވެސް ސަބަބެއް ނެތް: ޝެއިޚް އިލްޔާސް
އިލްޔާސް ދާދިފަހުން ވަނީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަށާއި އަދި ރަނިން މޭޓަށް ވަރަށް ހޫނު މަރުހާބާއެއް ވިދާޅުވެފައި

މިއަދު ކުރެވެމުންދާ ދީނާ ހިލާފު ކަންކަމަށް ލާދިނީ ކަންކަމޭ ނުބުނެވެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ދީނާ ހިލާފު ކަމެއް ކޮންމެފަދަ ބޭފުޅަކު ކުރެއްވިއަސް އެ ވާނީ ހަމަ ލާދިނީ ކަމެއް ކަމުގައި ކަމަށް ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެެވެ. 

ހޯމަ ދުވަހު އިލްޔާސް މިގޮތަށް ޓްވީޓް ކުރެއްވި އިރު އެމަނިކުފާނު ގެންދަވަނީ ރާއްޖޭގެ ހާލަތާ ބެހޭގޮތުން ފާޅުކަން ބޮޑުގޮތެއްގައި ޝުއޫރު ފާޅުކުރައްވަމުންނެވެ. ދާދިފަހުން އިލްޔާސް ވަނީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާ ކަމަށް ވިދާޅުވެފައެވެ. ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ ދިވެހި ގައުމަށް ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމަނިކުފާނުގެ ރަނިން މޭޓް ފައިސަލް ނަސީމް، ގައުމަށް އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއިއެކު ޚިދުމަތްކޮށްދެެއްވުމަށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ. 

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ފޯރިއާއެކު ކޭމްޕޭން ފަށާފައިވާއިރު، އިދިކޮޅު ޕާޓީތަކުގެ އިސްބޭފުޅުންނާއި އަދި ސަޕޯޓަރުން ތަކުރާރުކޮށް ބުނަމުން ގެންދަނީ ބޮޑު ތަފާތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ. 

ރައީސް އަބްދުﷲ ޔާމިންގެ ސަަރުކާރަށާއި އަދި ޚުދު އެމަނިކުފާނަށް ވަނީ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތާއި މަގާމުގެ ނާޖައިޒު ފައިދާ ބޭނުންކުރުމާއި، ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަތް ވައުދުތައް ނުފުއްދަވާކަމުގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި އިސްލާމް ދީން އައްޑަނައަކަށް ބޭނުންކޮށް ބޮޑެތި ޖަރީމާތައް ހިންގަވަން ނިވާފަތްގަނޑަކަށް އިސްލާމް ދީން ބޭނުން ކުރައްވާކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފައެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް