ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 22:06
ރާވެރިބޭ ކޮއްތުވެނި ހުޅުވުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން
ރާވެރިބޭ ކޮއްތުވެނި ހުޅުވުމަށް ބޭއްވި ރަސްމިޔާތުގެ ތެރެއިން
ރައީސް އޮފީސް
ރައިވެރިބޭ ފުޑް ކޯޓް
ބޭނުންކުރަމުންގެންދާތާ އެތައް މަސްތަކެއް ފަހުން ރާވެރިބޭ ކޮއްތުވެނި ރަސްމީކޮށް ހުޅުއްވައި ދެއްވައިފި
ސަރަހައްދުގައި އޮންނަ ރައިވެރިބޭ މައިޒާނާ ގުޅުވައި، ދީފައިވާނަމަކީ "ރާވެރިބޭ ކޮއްތުވެނި"
ހަމައެކަނި ކޮންކްރިޓް ތަރައްޤީއެއް ނޫން، ފެހި ތަރައްޤީވެސް ރައްޔިތުންނަށް އެބަ ގެނެސްދެއްވާ: މުއިއްޒް

ބޭނުން ކުރަމުންގެންދާތާ އެތައް މަސްތަކެއް ފަހުން، ހާބަރު ފުޑް ކޯޓުތައް، "ރާވެރިބޭ ކޮއްތުވެނި"ގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ. 

މާލޭގެ ހުޅަނގު، ދެކުނު ހާބަރު ސަރަހައްދުގައި ހުރި ކަޑަތައް ނަގައި، ޒަމާނީ ފެނަވަރަކަށް ތަރައްޤީ ކުރުމަށް ފަހު ރަސްމީކޮށް، އެ ސަރަހައްދު ރައީސް އަބްދުﷲ ޔާމީން ހުޅުއްވައިދެއްވީ ހޯމަ ދުވަހުގެރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ސަރަހައްދު ހުޅުވިއިރު، ސަރަހައްދުގައި އޮންނަ ރައިވެރިބޭ މައިޒާނާ ގުޅުވައި، ދީފައިވާނަމަކީ "ރާވެރިބޭ ކޮއްތުވެނި" އެވެ. 

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މީގެ އަހަރުތަކެއްކުރިން ސަރަހައްދު އޮތީ ވަރަށް ބޮޑަށް އަޅާނުލެވި، ދޫކޮށްލެވިފައި ކަމަށެވެ. އަދި ސަރަހައްދު ތަރައްޤީވެގެން ދިއުމަކީ ރައީސް އަބްދުﷲ ޔާމީންގެ ތަރައްޤީގެ ދުރު ވިސްނުންފުޅު ހާމަވާކަމެއް ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ. 

"ހަމައެކަނި ކޮންކްރިޓް ތަރައްޤީއެއް ނޫން، ފެހި ތަރައްޤީ ވެސް ރައްޔިތުންނަށް އެބަ ގެނެސްދެއްވާ." މިނިސްޓަރ މުއިއްޒް ވިދާޅުވި އެވެ. 

ފުޑް ކޯޓުތައް ރަސްމީކޮށް، ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ހުޅުއްވައިދެއްވިއިރު، އެ ސަރަހައްދުގެ ކެފޭތައް ހުޅުވައި، މެއި މަހުން ފެށިގެން އަންނަނީ ހިދުމަތްދެމުންނެވެ. އެ ސަރަހައްްދުގައި އަލަށް 26 ކެފޭއެއް ވަނީ ހަދައިފަ އެވެ.

ސަރަހައްދު ތަރައްޤީ ކުރުމަށް އެސްޓީއޯ އާއި ސަރުކާރުން ހަވާލުކުރީ ޖެނުއަރީ 2016 ގައެވެ. އަދި އެ ސަރަހައްދު ތަރައްޤީކޮށް 6 މަސް ދުވަހުގެ ތެރޭގައި ނިންމައި، އެ އަހަރުގެ މެދު ތެރޭގައި ހުޅުވާނެ ކަމަށް ސަރުކާރުން އޭރުގައި ވައުދުވި އެވެ. ނަމަވެސް އެ ސަރަހައްދުގެ މަސައްކަތްތައް ވެސް ނިމުނީ ކަނޑައެޅި ތާރީހަށް ވުރެ 1 އަހަރާއި ހަ މަސްދުވަސް ފަހުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
23 ޖުލައި 2018 | ހޯމަ 21:21
އަދުރޭ
އިސްލާމީމަރުކަޒުވެސް ރސސްމީކޮއް ހުޅުވަން މުއީޒުއައްބުނެލަދެން