ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 21:07
މިނިވަން އިންސާފުވެރި އިންތިޚާބަކަށް ގޮވާ އިދިކޮޅު ފަރާތްތަކުން މިއަދު ކުރި މުޒާހަރާ
މިނިވަން އިންސާފުވެރި އިންތިޚާބަކަށް ގޮވާ އިދިކޮޅު ފަރާތްތަކުން މިއަދު ކުރި މުޒާހަރާ
މުހައްމަދު ޝަރުހާން
ރީރަޖިސްޓްރޭޝަން
ރީރަޖިސްޓްރޭޝަން އޮޅުވާލުމަށް މަސައްކަތްކުރާ ސަރުކާރުގެ ވެރިން އެނގޭ، ދައުވާ ކުރާނަން: ސިޔާސީ ޕާޓީތައް
ޝާމިލްވާ ކުންފުނިތަކާއި ސަރުކާރުގެ ވެރިންނާ މެދު ފިޔަވަޅު އެޅޭނެ ކަމަށް ބުނި

ސިވިލް ސާވިސް ކޮމިޝަނާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން އިސްވެ ތިބެ ރީރެޖިސްޓްރޭޝަން އޮޅުވާލަން ކުރަމުން އަންނަ މަސައްކަތުގައި ޝާމިލްވާ ހުރިހާ ފަރާތްތައް އެނގޭ ކަމަށާއި އެބޭފުޅުންގެ މައްޗަށް ދައުވާކުރާނެ ކަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު ބުނީ، ރީރެޖިސްޓްރޭޝަންގައި އޮޅުވާލުމާ މަކަރު ހެދުމުގައި ޝާމިލްވާ ކުންފުނިތަކާއި ސަރުކާރުގެ ވެރިންނާ މެދު ފިޔަވަޅު އެޅޭނެ ކަމަށާއި އަދި އެކަމުގެ ޒިންމާ އެބޭފުޅުން ނަންގަވަންޖެހޭނެ ކަމަށެވެ.

ވޯޓުލާނީ ކޮންމެ މީހަކު ވެސް ބޭނުންވާ ތަނަކަށް ކަމަށާއި، ރީރެޖިސްޓްރީ ކުރުމުގެ ހައްގަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ޤާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމުގައިވާތީ އެ ހައްގު ނިގުޅައިގަތުމަށް ސަރުކާރުގެ އެއްވެސް އޮފިޝަލެއް ވެސް އަދި ކުންފުނިތަކުގެ ވެރިން ވެސް މަސައްކަތްކޮށްގެން ނުވާނެ ކަމަށް ވެސް ގުޅިފައިވާ ޕާޓީތަކުން ބުނެފައި ވެއެވެ. އަދި މުވައްޒަފުން ވޯޓުލާން ޖެހޭނީ ވަކި ތަނަކަށް ކަމަށް ސަރުކާރުގެ ވެރިންނަށް އެމީހުންގެ މުވައްޒަފުންނަށް ނޭންގޭނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަކީ އިލެކްޝަންސް ކޮމިޝަންގެ އެކަނި ޒިންމާއެއް ނޫން ކަމުގައި ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް އާދަމް ވިދާޅުވި ނަމަވެސް ދިވެހި ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ކަށަވަރުކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އާއި މުޅި ކޮމިޝަންގެ ޤަނޫނީ ޒިންމާއެއް ކަމުގައި ކޯލިޝަނުން ފާހަގަކުރެއެވެ. އަދި ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް 27 ރިސޯޓަކުން އިންކާރުކޮށްފައިވާ ކަމަށް އީސީގެ ރައީސް ޝަރީފް ވިދާޅުވެފައިވާތީ އެކަން ބަލަމުން އަންނަ ކަމަށް ވެސް ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް