ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 21:29
ހައި ކޯޓު: ހައި ކޯޓަށް ދާދި ފަހުން ވަނީ ފަނޑިޔާރުން އައްޔަންކޮށްފައި
ހައި ކޯޓު: ހައި ކޯޓަށް ދާދި ފަހުން ވަނީ ފަނޑިޔާރުން އައްޔަންކޮށްފައި
މުހައްމަދު ޝަރުހާން
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
ހައިކޯޓަށް ފަނޑިޔާރުން އައްޔަންކޮށްފައި ވަނީ ރިޔާސީ އިންތިޚާބު 'ފިކްސް' ކުރުމަށް: ޕާޓީތައް
ހައި ކޯޓަށް ފައިސަލާއި ޝަހީދު އައްޔަން ކުރަން ވަނީ ނިންމާފައި
ފައިސަލަކީ ޖޭއެސްސީގެ ނާއިބު ރައީސް
ޝަހީދަކީ ކްރިމިނަލް ކޯޓުގެ ގާޒީއެއް

ދިވެހިރާއްޖޭގެ ހައިކޯޓަށް ދެ ފަނޑިޔާރުން މި ދުވަސްވަރު އައްޔަންކޮށްފައިވާތީ، ސިޔާސީ ޕާޓީތަކުން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަދާލަތު ޕާޓީގެ މީޑިޔާ ކޮމިޓީގެ ޗެއާ ޢަލީ ނަޒީރު ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ ހުރިހާ މައްސަލައެއް ނިންމާ ތަނަކީ ހައިކޯޓުކަމުގައި ވާއިރު، ރައީސް ޔާމީން ބޭނުންވާ ގޮތަށް، ބޭނުންވާ ނަތީޖާ ނެރެވޭނެ ގޮތަށް ހައިކޯޓު ފިކްސް ކުރީ" ކަމަށެވެ. މިއީ އިންތިޚާބުގައި މަކަރު ހަދައި، އޮޅުވާލުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރުމަށް ކުރާ ކަމެއް ކަމުގައި ވެސް ނަޒީރު ވިދާޅުވިއެވެ.

ހައިކޯޓު ގަޑުބަޑުކޮށްގެން އިންތިޚާބަށް ހުރަސް އެޅިދާނެ ކަމުގައި ސަރުކާރުން ދެކިގެން ނުވާނެ ކަމަށާއި، މުޅި ދުނިޔެ މިހާރު އެ އަންނަނީ ރާއްޖޭގައި ހިނގާ ކަންކަން ބަލަމުން ކަމަށް ވެސް ނަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ ޙައްޤުތައް ގެއްލެމުން އަންނައިރު، ސަރުކާރުގެ އިސް ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމުގައި ނަޒީރު ވިދާޅުވިއެވެ.

ހައިކޯޓަށް އައްޔަންކޮށްފައިވާ މުޙައްމަދު ފައިސަލްއަކީ ރައީސް ޔާމީން ކުރިން އުފެއްދެވި ޕީޕަލްސް އަލަޔަންސްގެ ސެކެޓްރީއެއްގެ މަޤާމުގައި ހުންނެވި ބޭފުޅެއް ކަމަށާއި ފައިސަލް ހައިކޯޓަށް އައްޔަންކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއް ކަމުގައި ރައީސް މައުމޫންގެ ފަރާތުން ވާހަކަ ދެއްކެވި އާމިނަތު ނާދިރާ ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް