ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 21:07
ރަނިންގ މޭޓް ކަމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުން
ރަނިންގ މޭޓް ކަމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުން
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ރަނިންގ މޭޓުގެ އިންތިހާބު އަލުން ބާއްވައި ދިނުމަށް އެދި ކޯޓަށް!
ބާތިލް ވޯޓަަކީ އަލީީ ހުސެއިނަށް ލިބުނު ވޯޓެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވޭ
އެދިފައި ވަނީ ދެ ބޭފުޅުން އެއްވަރުވި ކަމަށް ކަނޑައަޅައި އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވައި ދިނުމަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންގ މޭޓް ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ކުރިއަށް ގެންދިޔަ އިންތިހާބު، އަލުން ބާއްވައި ދިނުމަށް އެދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅައިފިއެވެ. 

ރަނިންގ މޭޓް ކަނޑައެޅުމަށް މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އިންތިހާބު، ފައިސަލް ނަސީމް ކާމިޔާބުކުރެއްވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ފައިސަލާއި އެންމެ ގާތުން ވާދަކުރެއްވި އަލީ ހުސެއިނަށް 14 ވޯޓު ލިބުނުއިރު ފައިސަލަށް ލިބިވަޑައިގަތީ 15 ވޯޓު އެވެ. އަދި އިންތިހާބުގައި ބާތިލް އެއް ވޯޓް ހިމެނޭ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފައި ވެއެވެ.

ސިވިލް ކޯޓަށް ހުށައަޅާފައިވާ އެ މައްސަލާގައި މޫސާ އަންވަރު އެދިފައި ވަނީ ބާތިލް ވޯޓަަކީ އަލީީ ހުސެއިނަށް ލިބުނު ވޯޓެއް ކަމަށް ކަނޑައަޅައި، ފައިސަލާއި އަލީ ހުސެއިންނަށް އެއް އަދަދަކަށް ވޯޓު ލިބުމާ އެކު އިންތިހާބުގެ ދެ ވަނަ ބުރެއް ބާއްވައި ދިނުމަށެވެ. 

ބާތިލްވި ވޯޓުގައި އަލީ ހުސެއިންގެ ގޮޅި އާއި ދިމާލުގައި އެއްވެސް ފާހަގައެއް ޖަހާފައިނުވާއިރު، ދެން އިން ތިން ގޮޅިއާ ދިމާލުގައި ވަނީ ނުބައި ފާހަގަ ޖަހާފައެވެ. އެހެންކަމުން މޫސާ އަންވަރު އެދިފައި ވަނީ އެއީ ބަތިލް ވޯޓަކަށް ނުވާނެ ކަމަށެވެ. އަދި އެއީ އަލީ ހުސެއިންނަށް ލިބުނު ވޯޓެއް ކަމަށެވެ. 

ރަނިންގ މޭޓަކު ކަނޑައެޅުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި ނެގި ވޯޓުގައި ޖުމްލަ 4 ކެންޑިޑޭޓަކު ބައިވެރިވެ ވަޑައިގެންފައި ވެއެވެ. އެއީ އެ ޕާޓީގެ ނާއިބު ލީޑަރު ޑރ. ހުސެއިން ރަޝީދު އަހުމަދާއި، ނާއިބު ލީޑަރު އަބްދުﷲ އަމީންގެ އިތުރުން ފައިސަލް ނަސީމާއި، އަލީ ހުސެއިންނެވެ. 

ރަނިންގ މޭޓް ހޮވުމަށް ޖޭޕީން ބޭއްވި އިންތިޚާބުގެ ދެ ވަނަ ބުރެއް ބޭއްވުމަށް ސިވިލް ކޯޓަށް މޫސަ ހުށަހެޅި އިރު އިންތިޚާބު ނިމުމާ އެކު އަލީ ހުސައިން ވަނީ ފައިސަލް އަށް މަރުހަބާ ވިދާޅުވެ ކެމްޕެއިންގައި އެކުގައި މަސައްކަތް ކުރައްވަން ވެސް ފައްޓަވާފައެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ވަނީ، ގުޅިފައިވާ ޕާޓީތަކުން ނެރޭ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހުގެ ރަނިންގ މޭޓް ކަމަށް، ޖޭޕީން ކަނޑައެޅި ފައިސަލް ބަލައިގަތުމަށް ފާސްކޮށްފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް