ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 14:31
ހުސްނުއް ސުއޫދު: ވޯޓް ފޮށި ބަހައްޓަން ދެކޮޅު ހެދި ރިސޯޓްތަކަށް ފިޔަވަޅު އަޅަން ޖެހޭނެ
ހުސްނުއް ސުއޫދު: ވޯޓް ފޮށި ބަހައްޓަން ދެކޮޅު ހެދި ރިސޯޓްތަކަށް ފިޔަވަޅު އަޅަން ޖެހޭނެ
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2018
ވޯޓް ފޮށި ބަހައްޓަން ދެކޮޅު ހަދާ ރިސޯޓްތައް ހުއްޓުވަން ޖެހޭ:ސުއޫދު
އެރިސޯޓުތަކުގައި މަސައްކަތް ކުރުން ވެސް ހުއްޓުވަން ޖެހޭ

ވޯޓު ފޮށިތައް ބެހެއްޓުމަށް ދެކޮޅު ހަދާ ރިސޯޓުތައް ހޯދުމަށްފަހު އެ ރިސޯޓުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލް، ހުސްނުއް ސުއޫދު ގޮވާލައްވައިފިއެވެ.

ސުއޫދު މިގޮތަށް ގޮވާލައްވާފައިވަނީ ބައެއް ރިސޯޓުތަކުން ވޯޓު ފޮށިތައް ބެހެއްޓުމަށް ދެކޮޅު ހަދާފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމާއި ގުޅިގެން، ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓުލުމުން އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒިފުން މަހްރޫމް ކުރުމަށް މަސައްކަތްކުރާ ރިސޯޓުތައް ހޯދަން ޖެހޭކަމަށެވެ. އެރިސޯޓުތަކުގައި މަސައްކަތް ކުރުން ވެސް ހުއްޓުވަން ޖެހޭ ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އިއުލާން ކުރީ އެންމެ ހަތް ރިސޯޓުގައި ވޯޓުފޮށި ބެހެއްޓުމަށެވެ. ނަމަވެސް ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އީސީން ވަނީ 100 މީހުނަށް ވުރެ ގިނަ މީހުން މަސައްކަތް ކުރާ ކޮންމެ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަން އިއުލާން ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދީއްތަ ދުވަހު ވިދާޅުވީ ގިނަ ރިސޯޓުތަކުން އެދެނީ ވޯޓުފޮށި ނުބެހެއްޓުމަށް ކަމަށެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ ބޭނުންވެއްޖެ ނަމަ އެރިސޯޓްތައް ހާމަކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް