ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 19:10
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރައްވަން ފޮނުއްވާފައިވާ އަލީ ނަޝާތު
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރައްވަން ފޮނުއްވާފައިވާ އަލީ ނަޝާތު
ފޭސްބުކް
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އަލީ ނަޝާތުގެ ނަން މަޖިލީހަށް ހުށަހަޅައިފި
ނަޝާތަކީ އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރެއް
ޝަކީލު އިސްތިއުފާ ދެއްވީ މިދިއަ މެއި މަހުގެ 09 ވަނަ ދުވަހު
އިސްތިއުފާ ދެއްވި ދުވަހު ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަކަށް ވަނީ އައްޔަން ކުރައްވާފަ

އިލެކްޝަންސް ކޮމިޝަނުގައި ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި އަލީ ނަޝާތުގެ ނަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ހުށަހެޅުއްވި އަލީ ނަޝާތުގެ ނަން މަޖިލީހުގެ ތަޅުމުގައި އިއްވުމަށްފަހު ވަނީ ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ. 

އަލީ ނަޝާތަކީ އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލިޖީގެ މަގާމު އަދާ ކުރައްވަމުން ގެންދާވާ ބޭފުޅެކެވެ. 

ރައީސް އޮފީހުން މިމަހުގެ 14 ދުވަހު ކުރި އިއުލާނެއްގައި ވަނީ، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 19 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައި ވަނީ މީގެކުރިން އެ ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ޝަކީލު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އޭނާ އެކޮމިޝަނުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ މިދިއަ މެއި މަހުގެ 09 ވަނަ ދުވަހު އެވެ. އެ ކޮމިޝަންގެ މެމްބަރުކަމުން ޝަކީލު އިސްތިއުފާ ދެއްވުމުން، ހަމަ އެދުވަހު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އަައްޔަން ކުރައްވައިފައެވެ.

އޭގެފަހުން ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތްތަކުގައި ޝަކީލު ބައިވެރި ވަމުން ދާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމު ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް