ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 17:21
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
ފާތިމަތު ޝަނާ މުހައްމަދު
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމަށް އަދިވެސް ގަބޫލެއް ނުކުރަން: އިބޫ
އިންތިހާބު ކާމިޔާބުވާނެ ކަމަށް ގަބޫލު ކުރަން
އިނގިރޭސިވިލާތައް ވަޑައިގަތީ އަމިއްލަފުޅު ދަތުރުފުޅެއްގައި
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިމަތިލަނީ އަނިޔާވެރިކަމާ ވައްކަމާ، ފަސާދައިން ގައުމު ސަލާމަތް ކުރުމަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް އަދިވެސް ގަބޫލު ނުކުރައްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، މި މަހުގެ 17 ވަނަ ދުވަހު އިބޫ އިނގިރޭސި ވިލާތަށް ވަޑައިގަތީ ދަރިކަނބަލުންގެ ގްރެޖުއޭޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ. ހޯމަ ދުވަހު މާލެ ވަޑައިގެން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އިންތިހާބުގެ ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފެށީއްސުރެ މި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް ތަކުރާރުކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާމަކުރަމުންދިޔަ ކަމަށެވެ.

" ރިސޯޓުތަކުގައި ފޮށި ނުބެހެއްޓުން. ހާއްސައެހީއަށް ބޭނުންވާ މީހުންގެ ވޯޓުލުމުގެ ހައްގުތަކަށް އަރައިގަތުން. އަދިވެސް އެތައް ކަމެއް ފެނިގެންދާނެ. އެހެން ކަމުން ކުރިއަށް އޮތް އިންތިހާބަކީ އަދިވެސް އިންސާފުވެރި ޕްރީ އެންޑް ފެޔަރ އިންތިހާބަކަށް ވާނެ ކަމަށް ގަބޫލެއް ނުކުރަން.:" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ނުހުއްޓާނެ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިމަތިލަނީ އަނިޔާވެރިކަމާ ވައްކަމާ، ފަސާދައިން ގައުމު ސަލާމަތް ކުރުމަށް ކަމަށާއި މިކަމުގައި އުނދަގޫ ކަންކަމާ ވެސް ކުރިމަތިވާނެ ކަމަށެވެ. އިބޫ ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ ޝަރީއަތުގައިވެސް އެމްއެމްޕީއާރްސީއާ ގުޅޭ ހިޔާނާތުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ބައެއް ވާހަކަތައް ހާމަކޮށްފައިވާ ކަމަށެވެ. މިފަދަ ވައްކަމުގެ ކަންކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ އެތައް ކަމެއް ފެންމަތިވެގެން އަންނާނެ ކަމަށް ބެލެވޭ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އިންތިހާބު ކާމިޔާބު ވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިބޫ ވިދާޅުވިއެވެ..

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް