ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 11:41
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމް އިބުރާހިމް
އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރަނީ ވަކި މީހަކު ހޮވަންތޯ ގާސިމް ސުވާލުކުރައްވައިފި
ވަކިތަނެއްގައި ރީރަޖިސްޓްރީ ކުރުމަށާއި، ވަކި ތަނަކަށް ވޯޓުލުމަށް އަންނަނީ މަޖުބޫރު ކުރަމުން
އިލެކްޝަން ކޮމިޝަންގެ އަމަލުތަކުގެ ދަތިއުނދަގޫތަކާއި ކުރިމަތިލާން ޖެހެނީ ރައްޔިތުން

އިލެކްޝަން ކޮމިޝަނުން ގަވާއިދާއި އުސޫލުތައް ބަދަލުކުރަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވަކި މީހަކު ހޮވަންތޯ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސުވާލު އުފައްދަވައިފިއެވެ.

ދައުލަތުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކޮށްގެން ރަސްމީ ގަޑީގައި ރީރެޖިސްޓަރ ކުރުމުގެ ކަންކަން ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު، ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާގެ މެންބަރުންގެ މައުލޫމާތު އެއްކުރުމަށާއި އައިޑީކާޑުގެ ކޮޕީ ހަވާލު ކުރުމަށް އަންގަމުން އަންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ރިޔާސީ އިންތިހާބުގައި ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުން ވޯޓްލާން ޖެހޭނީ އެ މުވައްޒަފަކު މަސައްކަތް ކުރާ ތަނެއްގައި ހުންނަ ވޯޓް ފޮށްޓަކަށް ކަމަށާއި، މާލޭގައި މަސައްކަތް ކުރާ އޮފިސަރުންނާއި މަދަނީ މުވައްޒަފުން ވޯޓްލާނީ މާލޭ ޖަލުގައި ބަހައްޓާ ވޯޓް ފޮށްޓަށް ކަމަށް ވެސް ކަރެކްޝަނަލް ސާރވިސްއިން ވަނީ މުވައްޒަފުންނަށް އަންގާފައެވެ. 

މިފަދަ އެންގުންތަކުގެ ސަބަބުން އިލެކްޝަން ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާ މިދަނޑިވަޅުގައި ގާސިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެންމެފަހުން ބޭއްވި ރިޔާސީ ދެ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބޭއްވި ދެ އިންތިޚާބުގައި ވޯޓުފޮށިތައް ބެހެއްޓި އުސޫލުތަކާ ގޮތްތަކަށް ބަދަލުގެނެސް ވޯޓުފޮށިތައް މަދުކޮށްފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަން މިއަމަލުތަކުގެ ސަބަބުން އެކޮމިޝަންގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށާއި، އެކޮމިޝަނުން މަސައްކަތް ކުރަނީ ވަކި މީހަކު ހޮވަންތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރަށް ގާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ދިމާކޮށް އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރާ ގޮތުން އެކަމުގެ ދަތި އުނދަގޫތައް ޖެހޭނީ ރައްޔިތުންނަށް ކަމަށެވެ.

ގާސިމް އިޝާރާތް ކުރެއްވި ހަތަރު އިންތިޚާބަކީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި 2009 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމުގެ އާއްމު އިންތިޚާބާއި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާއި 2014 ވަނަ އަހަރު ބޭއްވި މަޖިލީސް ހޮވުމުގެ އާއްމު އިންތިޚާބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް