ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 19:05
އެމްއެންޑީއެފް އުޅަނދެއް: ބަންޑުން ޖަހާލީ ލ. އަތޮޅުގައި ދަތުރުކޮށްފައި ދިޔަ އުޅަނދެއް
އެމްއެންޑީއެފް އުޅަނދެއް: ބަންޑުން ޖަހާލީ ލ. އަތޮޅުގައި ދަތުރުކޮށްފައި ދިޔަ އުޅަނދެއް
އެމްއެންޑީއެފް
ލ. އަތޮޅު
އެމްޑަބްލިއުއެސްސީގެ ސާވޭ ޓީމެއް ގޮވައިގެން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިފި
ޑިންގީއެއް ބަންޑުން ޖަހާލީ މިއަދު ހެނދުނު
ޑިންގީގައި 10 މީހުން ތިބި، އެންމެން ވަނީ ސަލާމަތްކޮށްފައި

ލ. އަތޮޅުގައި އެމްޑަބްލިއުއެސްސީގެ ސާވޭ ޓީމަކާ އެކު ދަތުރުކުރަމުންދިޔަ، ޑިންގީއެއް ބަންޑުން ޖަހާލާއިފިއެވެ.

އެމްއެންޑީއެފުން ބުނީ ލ. އަތޮޅު ގަސްގަނޑު ފިނޮޅާއި އެ އަތޮޅުގެ ބޮޑު ފިނޮޅާއި ދޭރެއަށް ޑިންގީއެއް ބަންޑުން ޖަހާލާފައިވާ ކަމަށެވެ.  ހޯމަ ދުވަހުގެ ހެނދުނު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ، ހުރިހާ އެންމެން ވެސް ވަނީ ސަލާމަތްވެފައެވެ.

އެމްއެންޑީއެފުން ބުނީ ޑިންގީގައި 10 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ އަންހެނަކާއި ނުވަ ދިވެހި ފިރިހެނުން ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް ވެސް އެމްއެންޑީއެފުން ކުރިން ބުނި ނަމަވެސް، ފަހުން ވަނީ އެކަން ދޮގުކޮށްފައެވެ.

ސިފައިންނާއި އާންމުންގެ މަސައްކަތާ އެކު ބަންޑުން ޖަހާލި ޑިންގީގައި ތިބި މީހުން ސަލާމަތްކޮށް، އެ މީހުން ލ. އަތޮޅު ފަޅުރަށެއް ކަމަށްވާ މަހަކަންފުއްޓަށް ވަނީ ގެންގޮސްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް