ކ. މާލެ
|
23 ޖުލައި 2018 | ހޯމަ 19:30
އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ޝަރުހާން
އައިޔޫއެމް
އައިޔޫއެމްއަށް އައިއައިއައިޓީ އިން ދިން ސްކޮލަޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި
އައިއައިއައިޓީއިން ގާނޫނީ ދާއިރާގެ ޕީއެޗްޑީ ކޯހުގެ ދެ ފުރުސަތު
ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި ޔުނިވާރސިޓީގެ ދާއިމީ މުއައްޒަފުންނަށް އިސްކަން ދެވޭނެ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ (އައިޔޫއެމް) އަށް އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓު (އައިއައިއައިޓީ) އިން ދިން ސްކޮލަޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އައިޔޫއެމް. އިން ބުނީ އައިއައިއައިޓީ. އިން އިސްލާމިކް ޔުނިވާސިޓީއަށް ދީފައި ވަނީ ގާނޫނީ ދާއިރާގެ ޕީއެޗްޑީ ކޯހުގެ ދެ ފުރުސަތު ކަމަށެވެ.

ޕީއެޗްޑީގެ ޝަރުތުތަކީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ އިން ޕީއެޗްޑީ ހެދުމަށް ޕްލޭސްމަންޓް ލިބިފައިވުމާއި އެކު ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީގެ ސީ.ޖީ.ޕީ.އޭ އެންމެ ދަށްވެގެން 3.50 ލިބިފައިވުން ކަމަށް ވެސް އައިޔޫއެމް. އިން މައުލޫމާތުދެއެވެ.

އައިޔޫއެމް. އިން ބުނީ ސްކޮލަރޝިޕަށް ދަރިވަރުން ހޮވުމުގައި ޔުނިވާރސިޓީގެ ދާއިމީ، ޕާރޓް ޓައިމް މުވައްޒަފުންނާއި ދަރިވަރުންނަށް އިސްކަންދޭނެ ކަމަށެވެ. 

ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހެނީ ފުރުސަތަށް އެދި ފުރިހަމަކޮށްފައިވާ ފޯމާއި އެ ފޯމްގައި ބަޔާންކޮށްފައިވާ ތަކެއްޗާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ އާއި، ސްކޮލާޝިޕަށް އެދޭ ފަރާތުގެ ވަނަވަރެވެ.

އައިޔޫއެމް. އިން ބުނީ ސްކޮލަރޝިޕަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ 13:30 ގެ ކުރިން ޔުނިވާރސިޓީގެ ރިސެޕްޝަނަށް ސްކޮލާރޝިޕް ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅަންޖެހޭ ކަމަށާއި، ސްކޮލާރޝިޕަށް އެދޭ ފޯމު ޔުނިވާސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

މެލޭޝިއާގައި ހުންނަ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށް ގެންދާ ޕީއެޗްޑީ ކޯހަކީ ތިން އަހަރު ދުވަހުގެ ކޯހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް