ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 23:57
އައްޑޫ ސިޓީން މާލެ ވަޑައިގަތުމަށް އިބޫ ފްލައިޓަށް އަރާވަޑައިގަންނަވަނީ
އައްޑޫ ސިޓީން މާލެ ވަޑައިގަތުމަށް އިބޫ ފްލައިޓަށް އަރާވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ރިޔާސީ އިންތިހާބު 2018
މާދަމާ އިބޫ ރާއްޖެ ވަޑައިގަންނަވަނީ
އިބޫ މާލެ ވަޑައިގެން ކެމްޕެއިން ދަތުރުފުޅުތައް އަލުން ފައްޓަވާނެ
އިބޫ ރާއްޖެވަޑައިގަންނަވަނީ ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައި

ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) އަމިއްލަފުޅު ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު ހޯމަ ދުވަހު ހެނދުނު ރާއްޖެ ވަޑައިގަންނަވާނެކަން އެނގިއްޖެ އެވެ. 

ރިޔާސީ އިންތިހާބަށް އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، މި މަހުގެ 17 ވަނަ ދުވަހު އިބޫ އިނގިރޭސި ވިލާތަށް ވަޑައިގަތީ ދަރިކަނބަލުންގެ ގްރެޖުއޭޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ. 

އިބޫ ހޯމަ ދުވަހު އެނބުރި މާލެ ވަޑައިގަންނަވާއިރު، ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލާނެ އެވެ. 

އިބޫ ވަޑައިގަތުމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތަކުގައި އެމަނިކުފާން ބައިވެރިވަޑައިގަންވާނެއެވެ. އަދި ކެމްޕެއިންގެ ދަތުރުތަށް ފައްޓަވާނެވެ.  

ރާއްޖެއިން ބޭރަށް ވަޑައިގެންވުމުގެ ކުރިން އިބޫ ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކަށް ވަޑައިގެން ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް