ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 21:00
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ވޯޓް ލުމުގެ ހައްޤު ހަނިކުރުމުގެ ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރަން: އިބޫ
ސަރުކާރުގެ މުވައްޒަފުން ވޯޓުލާން ރީ-ރަޖިސްޓަރ ކުރުމުގެ ކަންކަން ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާތީ ކަންބޮޑުވޭ
އަމިއްލަ އިޚްތިޔާރުގައި ރީ-ރަޖިސްޓަރ ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވޭ

ވޯޓުލުމުގެ ހައްގު ހަނިކުރުމުގެ ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރައްވާކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މުވައްޒަފުން ވޯޓުލާން ރީ-ރަޖިސްޓަރ ކުރުމުގެ ކަންކަން ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ވޯޓުލުމުގެ ހައްގު ހަނިކުރުމުގެ ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރައްވާކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އަމިއްލަ އިޚްތިޔާރުގައި ރީ-ރަޖިސްޓަރ ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ކަމަށެވެ.

އިބޫ މިމޭރުމުން އިލްތިމާސް ކުރައްވާފައި މިވަނީ ސަރުކާރުގެ މުވައްޒަފުންނަށާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަކިތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުވަމުންދާ ކަމަށާއި އެކަމުގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އުޅުއްވަމުން ގެންދަވާކަމުގެ ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް