ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 17:49
ހުވަދޫއަށް ކުރައްވާ ދަތުރުފުޅުގައި ގއ. ދެއްވަދޫއަށް ވަޑައިގެން، ބައެއް މީހުންނާ ޝަހީމް ބައްދަލު ކުރައްވަނީ
ހުވަދޫއަށް ކުރައްވާ ދަތުރުފުޅުގައި ގއ. ދެއްވަދޫއަށް ވަޑައިގެން، ބައެއް މީހުންނާ ޝަހީމް ބައްދަލު ކުރައްވަނީ
ސޯޝަލް މީޑިއާ
ރިޔާސީ އިންތިހާބު 2018
ޝަހީމް ހުވަދޫގައި ހަތަރު ދުވަސް، ވަޑައިގެންނެވީ ތިން ރަށަށް
ހުވަދޫގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު 18
ޝަހީމް އަދިވެސް އިތުރު ރަށްތަކަށް ވަޑައިގަންނަވާނެ
ހުވަދޫގެ އާބާދީ 38،000 އަށްވުރެ ގިނަ

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހުވަދޫއަށް ކުރައްވާ ދަތުރުފުޅުގައި ހަތަރު ދުވަހުން ތިން ރަށަކަށް ވަޑައިގެން، ދޮރުން ދޮރަށް ހިންގަވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުވަދޫއަށް ވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ އޭނާ ވަޑައިގެންނެވީ ގއ. ވިލިނގިއްޔަށެވެ. ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ވިލިނގިލީގައި ދޮރުން ދޮރަށް ހިންގެވުމަށްފަހު، ހޮނިހިރު ދުވަހު އޭނާ ވަނީ ގއ. ކޮލަމާފުއްޓަށް ވަޑައިގެންފައެވެ. އަދި އާދީއްތަ ދުވަހު ވަނީ ގއ. ދެއްވަދޫއަށް ވަޑައިގެންފައެވެ.

ކޮންމެ ރަށަކަށް ވަޑައިގެން، ދޮރުން ދޮރަށް ހިންގެވުމަށްފަހު، ޝަހީމް އެނބުރި ވަޑައިގަންނަވަނީ ގއ. ވިލިނގިއްޔަށެވެ. ވިލިނގިއްޔާ އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށް، ގއ. މާމެންދޫއަށް ޝަހީމް އަދި ވަޑައިގެންފައެއް ނުވެއެވެ. ޝަހީމަކީ ގއ. މާމެންދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ޝަހީމް ދޮރުން ދޮރަށް ހިންގަވައި، ދެއްވަދޫ ބައެއް ގެތަކަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލު ކުރައްވަނީ-- ފޮޓޯ/ ޓްވިޓާ

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޝަހީމްގެ ހުވަދޫ ދަތުރުގައި މާމެންދޫއަށް ވަޑައިގަންނަވާނީ އެންމެ ފަހުންނެވެ. އޭނާގެ އެ ދަތުރުފުޅުގައި ހުވަދޫގައި ހޭދަ ކުރައްވާނީ ކިހާ ދުވަހަކު ކަމެއް ޕީޕީއެމަކުން ހާމައެއް ނުކުރެއެވެ.

އިދާރީ ގޮތުން ދެ އަތޮޅަކަށް ބަހާފައިވާ ހުވަދޫގައި މީހުން ދިރިއުޅޭ 18 ރަށެއް އޮވެއެވެ. އެއީ ހުވަދު އަތޮޅު އުތުރު ބުރީ ނުވަ ރަށަކާއި ހުވަދު އަތޮޅު ދެކުނު ކުރީ ނުވަ ރަށެކެވެ. ހުވަދު އަތޮޅުގެ އާބާދީއަކީ 38،811 އެވެ. އެގޮތުން ގދ. އަތޮޅުގެ އާބާދީއަކީ 24،375 އެވެ. ގއ. އަތޮޅުގެ 14،436 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް